ވަޒީފާގެ ފުރުސަތު
|
މަޤާމް:
|
އިންޖިނިއަރ
|
ވަޒީފާގެ ދާއިރާ:
|
އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ސޮފްޓްވެއަރ އިންޖިނިއަރިންގ ޑިޕާޓްމަންޓް
|
މުސާރަ:
|
-/22,540ރ އާއި -/30،000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
އެހެނިހެން އެލެވަންސް:
|
މިވަޒީފާއަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ އިތުރުން ކުންފުނީގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 07 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- އަދި ތިރީގައި ދެންނެވިފައިވާ ސެޓްފިކެޓްތަކުގެ ތެރެއިން މަދުވެގެން 01 ސެޓްފިކެޓް ހާސިލްކޮށްފައިވުން:
- ސީ.ސީ.އެން.އޭ ސެޓްފިކެޓެއް ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން
- އެމް.ސީ.އެސް.އީ (2016) ގެ ސެޓްފިކެޓް ޙާޞިލްކޮށްފައިވުން
- (ވީ.އެމް ވެއަރ އަދި ވީ ސްފިއަރ ފަދަ) ވާރޗުއަލައިޒޭޝަން ސެޓްފިކޭޝަން ހާސިލްކޮށްފައިވުން
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ސޮފްޓްވެއަރ އިންޖިނިއަރިންގ ޑިޕާޓްމަންޓްގެ އިންފްރާސްޓަކްޗަރ އަދި ސަޕޯޓް ސާރވިސް ޔުނިޓްގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމާއި އިންފްރާސްޓްރަކްޗަރ އަދި ނެޓްވޯރކް އާއި ގުޅުންހުރި ޕޮލިސީ އަދި ސްޓޭންޑާރޑްތައް ޤާއިމްކުރުން.
|
މަޤާމް:
|
އެސިސްޓެންޓް އިންޖިނިއަރ
|
ވަޒީފާގެ ދާއިރާ:
|
އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ސޮފްޓްވެއަރ އިންޖިނިއަރިންގ ޑިޕާޓްމަންޓް
|
މުސާރަ:
|
-/11,500ރ އާއި -/25,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
އެހެނިހެން އެލެވަންސް:
|
މިވަޒީފާއަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ އިތުރުން ކުންފުނީގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ASP.Net, C#, Vue.js އިން ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ދާއިރާގެ ބެސްޓް ޕްރެކްޓިސްތަކާއި އެއްގޮތަށް ކުންފުނީގެ ލަނޑުދަނޑިތައް ހާސިލްވާނޭހެން އައި.ޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުން
- ސޮފްޓްވެއަރ ޑިވެލޮޕްމެންޓް ޓީމްއާއި އެކު މިހާރު ބޭނުން ކުރަމުންދާ ސޮފްޓްވެއަރތައް ދިރާސާކޮށް، ހުރި ދަތިތައް ދެނެގަނެ އެކަމަށް ހައްލު ފޯރުކޮއްދީ ކުންފުނީގެ މައިގަނޑު ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތް ކުރުން
- އައި.ޓީ ޕްލޭންގައިވާ މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް އަދި ބަޖެޓްގެ ތެރެއިން ކޮށްނިންމުން
- ސޮފްޓްވެއަރތަކާއި ގުޅުންހުރި ޓްރެއިނިންގތައް ރާވާ ހިންގުމުގެ މަސައްކަތް
- ސޮފްޓްވެއަރގެ ބޭނުން އެންމެ ފުރިހަމަގޮތުގައިހިފުމަށް ސޮފްޓްވެއަރއާއި ގުޅޭ ޑާޓާބޭސް އަދި އެހެނިހެން ހިދުމަތްތައް ބަލާ ދެމެހެއްޓުން
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
2021 ސެޕްޓެންބަރު 20 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 2021 ސެޕްޓެންބަރު 20 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުމަށް ނުވަތަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- ވަޒީފާ އަށް ޝޯޓްލިސްޓް ކުރުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމަށް އިންޓަވިއު ކުރުމުގައި ތަޢުލީމާއި ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
04 ޞަފަރު 1443
11 ސެޕްޓެންބަރު 2021
|