ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢްވަތު
1- މ. މަޑުއްވަރީގެ އެކިއެކި ސަރަހައްދާއި މަގުތަކުގައި ޖަހާފައިހުރި ކަރަންޓުން ދިއްލޭ ހުރިހާ ލައިޓްތަކެއް ސޯލާސިސްޓަމެއް މެދުވެރި
ކޮށް ދިއްލޭ ލައިޓްތަކަށް ބަދަލުކުރަން ބޭނުންވެ އަމިއްލަ ޚަރަދުގައި މިކަން ކޮށްދިނުމަށް ޝައުޤުވެރިވެ ލައްވަވާ ފަރާތެއް ހޯދުމަށް
މ. މަޑުއްވަރީ ކައުންސިލް އިދާރާގެ ނަމްބަރ (IUL)369-AS/369/2021/80 (19 އޮގަސްޓް 2021) އިޢުލާނާއިގުޅިގެ
ރަޖިސްޓްރީކުރި ފަރާތްތަކުގެ ތެރެއިން (އަންދާސީ ހިސާބު ) ހުށަހަލާފައިވަނީ އެއްމެ ފަރާތަކުން ކަމަށްވާތީ މ. މަޑުއްވަރީ
ކައުންސިލް އިދާރާގެ ނަމްބަރ (IUL)369-AS/369/2021/80 (19 އޮގަސްޓް 2021) އިޢުލާން ބާޠިލްކޮށް ދެވަނަފަހަރު
ފުރުޞަތު ހުޅުވާލަމެވެ.
މ. މަޑުއްވަރީގެ އެކިއެކި ސަރަހައްދާއި މަގުތަކުގައި ޖަހާފައިހުރި ކަރަންޓުން ދިއްލޭ ހުރިހާ ލައިޓްތަކެއް ސޯލާސިސްޓަމެއް މެދުވެރި
ކޮށް ދިއްލޭ ލައިޓްތަކަށް ބަދަލުކުރަން ބޭނުންވެ އަމިއްލަ ޚަރަދުގައިމިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވަވާ ފަރާތްތަކަށް ފުރުޞަތު
ހުޅުވާލަމެވެ. ބީލަމަށް ކުރިމަތިލެވޭނެ ފަރާތްތަކާއި ބީލަމާއިގޫޅޭ މަޢްލޫމާތު މި އިޢުލާނާ އެޓޭޗް ކުރެވިފައިވާ ބީލަން ފޮތުގައިވާނެއެވެ.
2- މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ (ނަންނޯޓް) ކުރަން އެދޭފަރާތްތަކުން 2021 ސެޕްޓެމްބަރ 12 އާދީއްތަ ދުވަހުން ފެށިގެން
ފުރުޞަތު ހުޅުވާލަމެވެ. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2021 ސެޕްޓެމްބަރ 19 އާދިއްތަ ދުވަހު 13:00ގެ ކުރިން
ރަޖިސްޓްރީ ނަންނޯޓްކޮށް ނިންމެވުން އެދެމެވެ. މ. މަޑުއްވަރީ ކައުންސިލް އިދާރާއަށްދުރުވެ ރަޖިސްޓްރީކުރުމަށް ބޭނުންވާ ފަރާތްތަކުން
ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ރަޖިސްޓްރިކުރެއްވުން އެދެމެވެ. ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް
ރަޖިސްޓަރ ކުރެވޭނެއެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތްތަކަށެވެ.
v ރެޖިސްޓްރޭޝަން ފޯމުގެ ލިންކް : http://lnnk.in/g7bD
3- މި މަސައްކަތާ ބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ސެޕްޓެމަބަރ 19 އާދީއްތަ ދުވަހުގެ 14:00 ގެކުރިން ލިޔުމުން ފޮނުވައި ދެއްވުން އެދެމެވެ. ނުވަތަ 7904399 ނަމްބަރާ ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
4- މި މަސައްކަތާ ގުޅޭ މަޢްލޫމާތު ދިނުމުގެ ބައްދަލުވުން 2021 ސެޕްޓެމްބަރ 20 ހޯމަ ދުވަހުގެ 13:00 ގައި މ. މަޑުއްވަރީ ކައުންސިލް އިދާރާގެ " ދަސްވަނި މާލަމުގައި " އޮންނާނެއެވެ.
5- ބީލަން ހުށަހެޅުން އޮންނާނީ 2021 ސެޕްޓެމްބަރ 29 ވާ ބުދަ ދުވަހު 13:00 ގައި މ. މަޑުއްވަރީ ކައުންސިލް އިދާރާގެ " ދަސްވަނި މާލަމު " ގައެވެ. ބީލަން ކަޑައި ހުޅުވާނީ 2021 ސެޕްޓެމްބަރ 29 ބުދަ ދުވަހު 13:15 ގައި މ. މަޑުއްވަރީ ކައުންސިލް އިދާރާގެ " ދަސްވަނި މާލަމު " ގައެވެ.
6- މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢްލާނުގެ ބަޔެއްގެ ގޮތުގައި އިޢްލާނާއެކު ޢާންމު ކުރެވިފައި ވާނެއެވެ.
7- ބީލަން ނަން ނޯޓް ކުރުމާއި ، މަސައްކަތާ ގުޅޭ އިތުރު މަޢްލޫމަތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
v މުލަލަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
v ފޯން : 6720072 , 7904399
އީ-މެއިލް: [email protected]