މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫގެ ލޭންޑް ޔޫސްޕުލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ނ. ކެނދިކުޅުދޫ  ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. މިބީލަމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން ބިޑުގައި ރަޖިސްޓްރީވުމަށްޓަކައި 15 ސެޕްޓެމްބަރު 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ ނަންބަރު 6560013 އަށް ގުޅުއްވާ ނުވަތަ [email protected] އަށް މެއިލްކުރައްވާ ބިޑްގައި ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ. ބިޑްގައި ރަޖިސްޓްރީވުމަށްޓަކައި، ރަޖިސްޓްރޭޝަން މަޢުލޫމާތު ދިނުމާއެކު 100 ރުފިޔާގެ ފީއެއް ދައްކަވަން ވާނެއެވެ. ރަޖިސްޓްރޭޝަން ފީ ދައްކަވަން ވާނީ މިކައުންސިލްގެ ކައުންޓަރަށެވެ. ނުވަތަ ކައުންސިލްގެ އެކައުންޓް ނަންބަރު 001 700434 7720 (ރެވެނިއު 1) މިއެކައުންޓަށް ޓްރާންސްފަރ ކޮށްގެންނެވެ. ޓްރާންފަރ ކުރެއްވުމަށްފަހު ސްލިޕް [email protected] މެއިލްއަށް ފޮނުވަންވާނެއެވެ.

ބިލާމާއި ގުޅިގެން ސާފުކުރަންޖެހޭ އެއްވެސް މައުލޫމާތެއް ނުވާތަ ސުވާލެއް ކުރައްވާނީ 15 ސެޕްޓެމްބަރ 2021، ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ [email protected] މެއިލް އެޑްރެސްއަށް މެއިލް ކުރައްވައިގެން ނުވަތަ ކައުންސިލުގެ 6560013 ނަންބަރާއި ގުޅުއްވައިގެންނެވެ.

ވީމާ، މި މަސައްކަތް މިކައުންސިލްއިން އަންގާ ގޮތެެއްގެ މަތިން، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 20 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  މިގަޑީގައި ހުށައެޅޭ އަންދާސީ ހިސާބުތައް ކަނޑައި މަޢުލޫމާތު އެންޓާކޮށް އަގު ސީޓްގައި ސޮއި ކުރުން އޮންނާނެއެވެ.  

ގަޑި ޖެހުމަށްފަހު ހުށައެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށައަޅަންވާނެއެވެ. މި މަސައްކަތް ކުރުމަށް ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިނުވާ ފަރާތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ވާހަކަވެސް ދެންނެވީމެވެ.

ލޭންޑް ޔޫސް ޕްލޭންގައި ހުރުން ލާޒިމް ޕޮއިންޓްތައް:

  1. ރަށުގެ ބޮޑުމިން ހެކްޓަރުން ބުނެދޭންވާނެ.
  2. ރަށުގެ ބިން ސާވޭކޮށް އެގްޒިސްޓިން ސުކޭލް ބޭސް ޗާޓެއް (މެޕެއް) ތައްޔާރުކޮށްދިނުން
  3. ޕާމަނަންޓް ސާވޭ ޕޮއިންޓް (PSM)  އެއް ގާއިމްކުރުން.
  4. މި ލޭންޑް ޔޫސް ޕުލޭންގެ ދަށުން ރަށުގައި މިހާރު ހުސްކޮންހުރި ބިންތަކާއި ޗަކަބިންތަކާއި ކުޅިތަކާއި އަދި ފަޅު ބޭނުންކުރަން ހުށައަޅާ ގޮތްތަކާއި، ބޭނުން ކުރާނެ ގޮތުގެ ޕުލޭން ކައުންސިލްގެ މަޝްވަރާއާއެކު ތައްޔާރުކުރަން ވާނެއެވެ.
  5. ރަށުގެ މުސްތަގުބަލުގައި ގާއިމުކުރާ ހިދުމަތްތަކާއި، ޕާކުތަކާއި، މައިޒާންތައް، ހައުސިން ބޭނުންތަކާށާއި ވިޔަފާރި އިގްތިޞާދީ ސަރަހައްދުތައް ކަނޑައެޅޭ ބިންތައް ފާހަގަވެ އެގެންއޮނަންވާނެއެވެ.
  6. ރަށުގެ ޗާޓް ކުރަހަން ވާނީ އޮޓޯކެޑް ބޭނުންކޮށްގެންނެވެ.
  7. ރަށުގެ ލޭންޑް ޔޫސް ޕުލޭން އެކުލަވާލަންވާނީ، މަސައްކަތްކުރާ ފަރާތުން ރަށުގެ ކައުންސިލާއި ރަށުގައިހުރި އެހެން އިދާރާތަކާއި، ރަށުގެ ރައްޔިތުންގެ ތެރެއިން އެކި މީހުންނާއި މަޝްވަރާކޮށް ޚިޔާލު ހޯދައިގެންނެވެ. މީގެ އިތުރުން ލޭންޑް ޔޫސް ޕުލޭން ޑްރާފްޓް ކުރުމަށްފަހު  ކައުންސިލުން ކަނޑައަޅާފައިވާ ކޮމެޓީގެ ޚިޔާލު ހޯދަންވާނެއެވެ.
  8. މި މަސައްކަތުގެ ހިމެނޭ ލޭންޑް ޔޫސް ޕުލޭން ނިންމަންވާނީ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކަށް ރިޢާޔަތްކޮށް، ނ. ކެނދިކުޅުދޫ ކައުންސިލާއި ނޫން އަތޮޅު ކައުންސިލާއި އަދި މޯލްޑިވިސް ލޭންޑް ސާވޭ އޮތޯރިޓީއިން ގަބޫލުކުރާ ފެންވަރަށެވެ.
  9. މޯލްޑިވްސް ލޭންޑް ސާވޭ އޮތޯރިޓީން ލޭންޑް ޔޫސް ޕުލޭން އެޕްރޫވަލް ހޯދުމަށްފަހު ކައުންސިލަން ހުށަހަޅަންވާނެއެވެ.

10. ރަށުގެ ލޭންޑް ޔޫސް ޕުލޭން ހަދަންވާނީ ދިވެހިރާއްޖޭގެ ބިނާވެށި ޕުލޭނާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.

11. މި މަސައްކަތާއި ޙަވާލުވާ ފަރާތަކަށް ނ. ކެނދިކުޅުދޫ ކައުންސިލުން ފޯރުކޮށްދޭނެ ޚިދުމަތްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

 (ހ) ރަށުގެ އިދާރާތަކާއި މަޝްވަރާކުރުމުގެ އިންތިޒާމް ހަމަޖައްސައިދީ ބައިވެރިވުން

(ށ) ރަށުގެ ރައްޔިތުންނާއި، ކުލަބު ޖަމިއްޔާތަކާއި އަދި މުއައްސަސާތަކުގެ ހިޔާލު ހޯދުމުގެ ބައްދަލުވުންތައް އިންތިޒާމްކޮށްދީ ބައިވެރިވުން

(ނ) ކައުންސިލްގެ ފަރާތުން ދައުލަތުގެ މުއައްސަސާތަކާއި ކުރަންޖެހޭ އެންމެހައި މުޢާމަލާތު ކުރުން.

  1. 12.  މިއިޢުލާނާއެކު ރަށުގެ ޗާޓެއް އެޓޭޗްކުރެވިފައިވާނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި

  1. ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ހުށަހަޅާ ޕްރޮޕޯސަލް
  • މަސައްކަތް ކޮށްދިނުމަށް ހޭދަވާނެ މުއްދަތު
  • ނ. ކެނދިކުޅުދޫއަށް ދަތުރު ކުރަންޖެހޭނަމަ، ދަތުރުކުރުމަށް ޕްލޭންކުރާގޮތް. (ދަތުރުގެ ޢަދަދު، ކޮންމެ ދަތުރެއްގައި ހޭދަވާނެ މުއްދަތު، ދަތުރުގެ ބޭނުން، މިނޫންވެސް ދަތުރާއި ގުޅުންހުރި މަޢުލޫމާތު.)
  • ލޭންޑް ޔޫސް ޕުލޭން މިނިސްޓްރީން ޤާބޫލުކޮށް ހުއްދަ ދިނުމާއި ހަމައަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ޖުމުލަ އަގު (ދިވެހި ރުފިޔާއިން)
  1. ޕްރޮޕޯސަލް ހުށަހަޅާ ކުންފުނިތަކުން ނުވަތަ އިންވެސްޓްްމަންޓްތަކުން އެފަރާތުގެ ޕްރޮފައިލް
  2. މަސައްކަތާއިގުޅޭ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ހިންގާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިމެނޭ ލިޔުންތައް ހުށައެޅުން
  3. މަސައްކަތުގައި ބައިވެރިވާ ބޭފުޅުންގެ ނުވަތަ ކުންފުނީގެ މުވައްޒަފުންގެ ވަނަވަރު
  4. ސާވޭޔަރުންގެ ގޮތުގައި ކަމާގުޅޭ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުން، ކޮންސަލްޓެންޓެއްގެ ގޮތުގައި އީ.ޕީ.އޭ އިން ދެއްވާފައިވާ ހުއްދަ ނުވަތަ ރަޖިސްޓްރީގެ ކޮޕީ ހުށައެޅުން

 

އިތުރު މަޢުލޫމާތު:

  1. ޕޮރޮޕޯސަލް ހުށައަޅަންވާނީ ސިޓީ އުރައަކަށްލާ ބަންދުކޮށް ނ. ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއަށް އެޑްރެސްކޮށެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހެޅި ފަރާތުގެ މައުލޫމާތު އަދި "ނ. ކެނދިކުޅުދޫ ލޭންޑް ޔޫސް ޕްލޭން ހެދުމަށް" މިހެން ލިޔެ އިޢުލާނު އިޢުލާން ނަންބަރު ލިޔަންވާނެއެވެ.
  2. އެކަށީގެންވާ ޕްރޮޕޯސަލެއް ލިބިފައި ނުވާނަމަ ހުށަހަޅާފައިވާ ޕުރޮޕޯސަލްތައް ބާތިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.
  3. ހުށަހަޅުއްވާ ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ބެލުމަށް ހަމަޖެހިފައިވަނީ:
  • އަގަށް %60 (ހަތްދިހަ ޕަސެންޓް)
  • މަސައްކަތުގެ ތަޖްރިބާ އަދި ފަންނީ ޤާބިލްކަމަށް %20 (ވިހި ޕަސެންޓް)
  • މަސައްކަތުގެ މުއްދަތަށް %20 (ވިހި ޕަސެންޓް) ، މަސައްކަތުގެ މުއްދަތު ރަސްމީ ބަންދުނޫން 45 ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

02   ޝައްވާލް   1443   

09   ސެޕްޓެމްބަރ 2021                        

09 ސެޕްޓެންބަރު 2021
ހޯދާ