މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ރަމަޟާންމަހުގެ މަސައްކަތު ގަޑި

1435 ވަނަ އަހަރުގެ ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީގަޑިއަށް ސަރުކާރުން ގެންނެވި ބަދަލާ ގުޅިގެން  1435 ވަނަ އަހަރުގެ ރަމަޟާންމަހާއި އަދި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު މި އޮތޯރިޓީ ހުޅުވިފައި ހުންނާނީ ހެނދުނު 10:00 އިން މެންދުރުފަހު  2:00 އަށެވެ. އަދި ބޭންކިންގ ސެކްޝަނުން ދެމުންގެންދާ ޚިދުމަތްތަކާއި، ސިޓީއާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި މިދަންނަވަނީއެވެ.

ބޭންކިންގ  ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 10:30 އިން މެންދުރު 1:00 އަށް.

ސިޓީއާއި ތަކެތި ބަލައިގަތުން: ހެނދުނު 10:30 އިން މެންދުރު 1:00 އަށް.

މި އިޢުލާން ނުކުތުމުން، މި އޮތޯރިޓީގެ ނަންބަރު IL-ADM/2014/52  (09 ޖޫން 2014) އިޢުލާން ބާޠިލުވީއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޝަޢުބާން  1435

22 ޖޫން 2014
ހޯދާ