މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑުގެ ލޯގޯ ފަރުމާ ކުރުމުގެ މުބާރާތް 2014
ސުރުޚީގައި ދެންނެވިފައިވާ މުބާރާތަކީ މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑުގެ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު އާންމު ފަރާތްތަކަށް ދިނުމުގެ ގޮތުން ހުޅުވާލާ މުބާރާތެކެވެ.
މުބާރާތަށް ކަނޑައެޅިފައިވާ އިނާމުތަކުގެ ތެރޭގައި އެއްވަނައަށް ދާ ލޯގޯއަށް -/10,000 (ދިހަ ހާސްރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. އަދި ދެވަނަ، ތިންވަނަ، ހަތަރުވަނަ އަދި ފަސްވަނައަށް ދާ ފަރާތްތަކަށް މަސްވެރިކަމުގެ އުފެއްދުންތައް ހިމެނޭގޮތަށް -/1,000 ( އެއް ހާސް ރުފިޔާ ) ގެ ވައުޗަރެއް އިނާމުގެ ގޮތުގައި ލިބޭނެއެވެ.
މި މުބާރާތާ ބެހޭ އުސޫލު މި މިނިސްޓްރީގެ ވެބްސައިޓުން (www.fishagri.gov.mv) ނާއި މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3339272 / 3339215 ފޯނަށެވެ.
28 ޝަޢުބާން 1435
26 ޖޫން 2014
ހޯދާ