ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި ކުނި އެޅުމަށް ހާއްޞަ ކުރެވިފައިވާ ސަރަހައްދު ފިޔަވާ އިތުރު ސަރަހައްދުތަކަށް ކުނި އެޅުމާއި ބެހޭ

އިޢުލާން

 

ރަށުގައި ކުނި އެޅުމަށް ހާއްޞަ ކުރެވިފައިވާ ސަރަހައްދު ފިޔަވާ އިތުރު ސަރަހައްދުތަކަށް ކުނި އެޅުމާއި ބެހޭ

        ރަށުގައި ކުނި އެޅުމަށް ޚާއްޞަ ކުރެވިފައިވާ ސަރަހައްދުތަށް ފިޔަވައި އިތުރު ސަރަހައްދުތަކަށް ކުނި އަޅަމުން ދާކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެއެވެ. އަދި މިގޮތަށް ކުނި އެޅުމާއި ކުނި ނައްތާލުމަކީ ބަލިފެތުރުމަށް މެދުވެރިވާ ސަބަބަކަށް ވުމާއި ކުނީގެ ސަބަބުން ދިމާވެދާނެ ތިމާވެށީގެ މައްސަލަތަށް ހައްލުކުރުމަށްޓަކައި މިކައުންސިލުން ވާނީ ކުނި އެޅުމަށް ޙާއްޞަ ސަރަހައްދެއް ކަނޑައަޅާ އެސަރަހައްދަށް ކުނި ގެންދެވޭނެ ގަޑިތަކެއް ކަނޑައަޅާފައެވެ.

        މިގޮތުން ކުނި ގޮނޑަށް ކުނި އެޅުމަށް ހުއްދަދެވިފައިވާ ގަޑިތަށް ތިރީގައި މިވަނީއެވެ.

 

  • ހުކުރު ދުވަސް ފިޔަވާ ކޮންމެދުވަހަކު ހެނދުނު 08:00 ން މެންދުރު 12:00
  • މެންދުރު ފަސް 13:00 ން 17:00
  • އަދި ހުކުރު ދުވަހު ހެނދުނު 7:00 ން 10:30

        އަދި މިނޫން ގަޑިތަކުގައި ކުނި ކޮށްޓަށް ކުނި ގެންދިއުމާއި ކުނި އުކާލުމަށް ހާއްޞަ ކުރެވިފައިވާ ސަރަހައްދު ފިޔަވައި އިތުރު ސަރަހައްދުތަކަށް ކުނި އެޅުމަކީ މަނާކަމެއްކަމުގައި އަންގާ އިޢުލާން ކުރަމެވެ. އަދި މި އިޢުލާންއާއި ޚިލާފަށް ޢަމަލު ކުރަމުން ދާފަރާތްތަކާއި މެދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ކުނި މެނޭޖް ކުރުމާއި ބެހޭ ގަވާޢިދު 2013/R-58 ގެ 11 ވަނަ ނަމްބަރގެ (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ވާހަކަ ދަންނަވަމެވެ.

        ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

08 ސެޕްޓެންބަރު 2021
ހޯދާ