ދިވެހިރާއްޖެ
އިޢުލާން
ކުރިއަށް އޮތް 5 އަހަރަށް،އދ.ދިއްދޫގެ ތަރައްޤީ ޕްލޭން އަދި ފައިނޭންޝިއަލް ޕްލޭން ހަދާނެ ފަރާތެއް ހޯދުން
ކުރިއަށް އޮތް 5 އަހަރަށް، އދ.ދިއްދޫގެ ތަރައްޤީ ޕްލޭން އަދި ފައިނޭންޝިއަލް ޕްލޭން ހަދާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ތަރައްޤީ ޕްލޭން ހަދައިދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކޮއްދޭނެ އަގާއި މުއްދަތު ބަޔާންކޮށް 14 ސެޕްޓެމްބާރ 2021 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު މެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
- ކައުންސިލުންނާއި ރައްޔިތުން ބޭނުންވާ ކަންކަމުގެ މައްޗަށް ބިނާކޮށް، ތަރައްޤީ ޕްލޭން ތައްޔާރުކުރުން
- ތަރައްޤީ ޕްލޭން ތައްޔާރުކޮށް ރައްޔިތުންގެ ޚިޔާލާއި އެކު ފާސްކުރުމަށް ހުށަހެޅުން.
- ތަރައްޤީ ޕްލޭނަށް ބިނާކޮށް ފައިނޭންޝިއަލް ޕްލޭން ތައްޔާރުކޮށް ހުށަހެޅުން.
07 ސެޕްޓެމްބާރ 2021
އަޙްމަދު މުޙައްމަދު
އދ. ދިއްދޫ ކައުންސިލްގެ ރައީސް