ދިވެހިރާއްޖެ
މި އޮތޯރިޓީއަށް ތިރީގައި މި ދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 01 އޮގަސްޓު 2021 ގައި ކުރި ނަންބަރު (IUL)220-AS/1/2021/53 އިޢުލާނާ ގުޅިގެން، ލިބިފައިވާ އަންދާސީހިސާބުތައް ތިރީގައިވާ ސަބަބުތަކާއި ހެދި ބާތިލު ކުރުމަށްފަހު އަލުން އިޢުލާނު ކުރަމެވެ.
ބޭނުންވާ އަދަދު |
ބޭނުންވާ ތަކެތި |
ތަފްސީލް |
11 |
ލެޕްޓޮޕް |
ކަނޑައަޅައިފައިވާ ޓެކްނިކަލް މިންގަނޑުތަކަށް ނުފެތޭތީ |
04 |
ސްކޭނަރ |
ހުށަހަޅައިފައިވާ ހުށަހެޅުންތަކުގެ އަގުތަށް ބޮޑުކަމަށް ފެންނާތީ |
03 |
ސީ.ސީ.ޓީ.ވީ ކެމެރާ |
އެއްވެސް ފަރާތަކުން ބިޑް ހުށަހަޅައިފައި ނުވާތީ |
10 |
ލެޕްޓޮޕް (i7) |
ހުށަހަޅައިފައިވާ ހުށަހެޅުންތަކުގެ އަގުތަށް ބޮޑުކަމަށް ފެންނާތީ |
ވީމާ މި ތަކެތި ސަޕްލައިކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުތަކުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
|
މަޢުލޫމާތު ސާފުކުރުން |
15 ސެޕްޓެންބަރު 2021 |
ބުދަ |
15:00 |
|
އަންދާސީހިސާބު ހުށަހެޅުން |
22 ސެޕްޓެންބަރު 2021 |
ބުދަ |
11:00 |
މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ޓެލެފޯން ނަންބަރު : 3339513 , 3019611 އަށް ގުޅުއްވުން އެދެމެވެ.