ސިވިލް ކޯޓު
ދިވެހިރާއްޖެ
ނީލަން ކިޔުން

އިޢުލާން

"މ. އަތަމާޕްލާޒާ (ރަޖިސްޓްރީ ނަންބަރު އ.5339)" އެވެ ކިޔާ ގޯއްޗާއި، އެގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދައު ނީލަން ކިޔުން

ސިވިލް ކޯޓުގެ ނަންބަރު 1365Cv-C2013 ޤަޟިއްޔާ އާއި ސިވިލް ކޯޓުގެ ނަންބަރު 2084Cv-C2017 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ސިވިލްކޯޓުގައި ބަލަމުންދާ ސިވިލްކޯޓުގެ ނަންބަރު 3096Cv-C2020 ޤަޟިއްޔާއާއި ސިވިލްކޯޓުގެ ނަންބަރު 1079Cv-C2019 ޤަޟިއްޔާއާއި ގުޅިގެން، ހުޅުމާލެ. އާފީނިވިލާ / މާލެ އިސްމާޢީލް ޢަބްދުއްލަޠީފް (ދ.ރ.އ ކާޑު ނަންބަރު A001239) ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މ. އަތަމާޕްލާޒާ (ރަޖިސްޓްރީ ނަންބަރު އ.5339) އެވެކިޔާ އަމިއްލަ ބިމާއި އެބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ސިޓީލާ ނީލަމުގެ އުސޫލުން ވިއްކާލުމަށް ބޭނުންވެއެވެ.  

ވިއްކާލެވޭ ބިމުގެ ނަން: މ. އަތަމާޕްލާޒާ (ރަޖިސްޓްރީ ނަންބަރު އ.5339)

ވިއްކާލެވޭ ބިމުގެ ބޮޑުމިން: 770  އަކަފޫޓް

ނީލަން ފަށާ އަގު: -/15,507,800ރ. (ފަނަރަ މިލިއަން ފަސްލައްކަ ހަތްހާސް އަށްސަތޭކަ ރުފިޔާ)

ނީލަމުގައި ވިއްކާލެވޭ މުދަލުގެ ތަފްޞީލު: މ. އަތަމާޕްލާޒާ (ރަޖިސްޓްރީ ނަންބަރު އ.5339 އެވެކިޔާ އަމިއްލަ ބިމާއި އެބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ)

މ. އަތަމާޕްލާޒާ ހުންނަ ޢިމާރާތްވަނީ ދިހަބުރި ފައުންޑޭޝަން އަޅާ، ތަނބުޖަހާ، ސިޑިއަޅާ، ޝީޓުއަޅާ، ޓެރަޝީޓުއަޅާ، ސިޑިގޮޅިހިޔާކޮށް، ރާނާސިމެންތިޖަހާ، ބައެއްބައިތަކުގެ އެތެރެބިތްތައް ލަކުޑި ޕާޓިޝަންޖަހާ، އެތެރޭގެ ބައެއްބިތްތަކުގައި ކާޕެޓްޖަހާ، ތަޅުން އަޅާ، މުށިޖަހާ، ދޮރާއި ދޮރުފަތް ހަރުކޮށް، އަލިފާންނިއްވާ ހޮޅިއަޅާ، ފެންވައިރުކޮށް، ޕެނަލް ބަހައްޓާ ކަރަންޓު ވައިރުކޮށް، ދިއްލުންތަކާއި ފަންކާ ހަރުކޮށް، ކުލައާއި ދަވާދުލާ، ލިފްޓު ބަހައްޓާފައެވެ.

 

ގްރައުންޑް ފްލޯ

މިބައިގައިވަނީ ގްރައުންޑް ފްލޯއާއި ފަސްޓް ފްލޯ ހިމެނޭގޮތަށް ގްރައުންޑް ފްލޯއިން ފަސްޓްފްލޯއަށް އެތެރެއިން މައްޗަށް އެރޭގޮތަށް، ސިޑި (އެސް.އެސް) ބަހައްޓާފައިއެވެ. މިބައި އެކުލެވިގެންވަނީ ފިހާރައަކާއި، ފާހާނައަކާއި، ކުޑަ ގުދަނެއްގެ މައްޗަށެވެ. ފިހާރައިގެ ބޮޑުމިނަކީ 28’x27’ އަދި 8’x18’ އެވެ. ފާހާނާވަނީ ތަޅުމުގައިއާއި ފާރުގައި އެއްކޮށް މުށިޖަހާ، ސެޓު ބަހައްޓާ 04 ޕޮއިންޓު ފެންވައިރުކޮށްފައިއެވެ. ބޮޑުމިނަކީ 4’x6’ އެވެ. ގުދަންބައިގެ ބޮޑުމިނަކީ 3’x6’ އެވެ. ސިޑިއާއި ރެއިލިންގް ބައިވަނީ އެސް.އެސް ހޮޅިންހަދާ ހަރުފަތްތަކުގައި ލަކުޑި އަޅާ ވަރުނީސްކޮށްފައިއެވެ.

ސެކަންޑް ފްލޯ

މިބައި އެކުލެވިގެންވަނީ 02 ކޮޓަރި 02 ފާހާނަ، ބަދިގެ އާއި ސިޓިންގްރޫމް އަދި ބެލްކަނި ބައެއްގެ މައްޗަށެވެ. 01 ފާހާނާވަނީ ތަޅުމުގައި އާއި ފާރުގައި އެއްކޮށް މުށިޖަހާ، ސެޓުބަހައްޓާ، 05 ޕޮއިންޓް ފެންވައިރުކޮށްފައިއެވެ. ބޮޑުމިނަކީ 4’x8’ އެވެ. 01 ފާހާނާވަނީ ފެންވަރާބައި ވަކިކޮށް، ތަޅުމުގައިއާއި ފާރުގައި އެއްކޮށް މުށިޖަހާ ސެޓުބަހައްޓާ 05 ޕޮއިންޓް ފެންވައިރުކޮށްފައިއެވެ. ބޮޑުމިނަކީ 6’x6’ އެވެ. ބަދިގެ ބައިވަނީ ކަބަޑު ސެޓުބަހައްޓާ ގްރެނައީޓް ޓޮޕްއަޅާ ސިންކުބަހައްޓާ 01 ޕޮއިންޓް ފެންވައިރުކޮށްފައިއެވެ.

ތާރޑްފްލޯ

މިބައި އެކުލެވިގެންވަނީ 02 ކޮޓަރި 02 ފާހާނާ ބަދިގެ އާއި ސިޓިންގރޫމެއްގެ މައްޗަށެވެ. 01 ފާހާނާވަނީ ތަޅުމުގައިއާއި ފާރުގައި އެއްކޮށް މުށިޖަހާ، ސެޓުބަހައްޓާ 05 ޕޮއިންޓް ފެންވައިރުކޮށްފައިއެވެ. ބޮޑުމިނަކީ 4’x8’ އެވެ. 01 ފާހާނާވަނީ ފެންވަރާބައި ވަކިކޮށް ތަޅުމުގައިއާއި ފާރުގައި އެއްކޮށް މުށިޖަހާ ސެޓުބަހައްޓާ 05 ޕޮއިންޓް ފެންވައިރުކޮށްފައިއެވެ. ބޮޑުމިނަކީ 6’x6’ އެވެ. ބަދިގެ ބައިވަނީ ކަބަޑު ސެޓުބަހައްޓާ ގްރެނައީޓް ޓޮޕްއަޅާ ސިންކުބަހައްޓާ 01 ޕޮއިންޓް ފެންވައިރުކޮށްފައިއެވެ. ކަބަޑުގެ ބޮޑުމިނަކީ 7’x2’x3’އަދި 4’.7’’x2’x3’ އެވެ.  

ފޯރތްފްލޯ

މިބައި އެކުލެވިގެންވަނީ 02 ކޮޓަރި 01 ފާހާނާ، އާއި ސިޓިންގރޫމެއްގެ މައްޗަށެވެ. ފާހާނާވަނީ ތަޅުމުގައި އާއި ފާރުގައި އެއްކޮށް މުށިޖަހާ، ސެޓުބަހައްޓާ، 05 ޕޮއިންޓް ފެންވައިރުކޮށްފައިއެވެ. ބޮޑުމިނަކީ 6’x6’ އެވެ.

ފިފްތް ފްލޯ

މިބައި އެކުލެވިގެންވަނީ 02 ކޮޓަރި 02 ފާހާނާ، 01 ސްޓޫޑިއޯ އަދި ލޯންޑްރީ ބައެއްގެ މައްޗަށެވެ. 01 ފާހާނާވަނީ ތަޅުމުގައިއާއި ފާރުގައި އެއްކޮށް މުށިޖަހާ، ސެޓުބަހައްޓާ 06 ޕޮއިންޓް ފެންވައިރުކޮށްފައިއެވެ. ބޮޑުމިނަކީ 4’x8’ އެވެ. 01 ފާހާނާވަނީ ފެންވަރާބައި ވަކިކޮށް، ތަޅުމުގައިއާއި ފާރުގައި އެއްކޮށް މުށިޖަހާ ސެޓުބަހައްޓާ 05 ޕޮއިންޓް ފެންވައިރުކޮށްފައިއެވެ. ބޮޑުމިނަކީ 6’x6’ އެވެ.

ސިކްސްތްފްލޯ

މިބައި އެކުލެވިގެންވަނީ 02 ކޮޓަރި 02 ފާހާނާ، ސިޓިންރޫމް އަދި ބެލްކަނީގެ މައްޗަށެވެ. 01 ފާހާނާވަނީ ތަޅުމުގައިއާއި ފާރުގައި އެއްކޮށް މުށިޖަހާ، ސެޓުބަހައްޓާ 05 ޕޮއިންޓް ފެންވައިރުކޮށްފައިއެވެ. ބޮޑުމިނަކީ 4’x8’ އެވެ. 01 ފާހާނާވަނީ ތަޅުމުގައިއާއި ފާރުގައި އެއްކޮށް މުށިޖަހާ ސެޓުބަހައްޓާ 05 ޕޮއިންޓް ފެންވައިރުކޮށްފައިއެވެ. ބޮޑުމިނަކީ 6’x6’ އެވެ.

ސެވަންތް ފްލޯ

މިބައި އެކުލެވިގެންވަނީ 02 ކޮޓަރި 02 ފާހާނާ، ސިޓިންރޫމް އަދި ބެލްކަނީގެ މައްޗަށެވެ. 01 ފާހާނާވަނީ ތަޅުމުގައިއާއި ފާރުގައި އެއްކޮށް މުށިޖަހާ، ސެޓުބަހައްޓާ 05 ޕޮއިންޓް ފެންވައިރުކޮށްފައިއެވެ. ބޮޑުމިނަކީ 4’x8’ އެވެ. 01 ފާހާނާވަނީ ތަޅުމުގައިއާއި ފާރުގައި އެއްކޮށް މުށިޖަހާ ސެޓުބަހައްޓާ 05 ޕޮއިންޓް ފެންވައިރުކޮށްފައިއެވެ. ބޮޑުމިނަކީ 6’x6’ އެވެ.

އެއިޓްތް ފްލޯ

މިބައި އެކުލެވިގެންވަނީ 02 ކޮޓަރި 02 ފާހާނާ، ބަދިގެއާއި ސިޓިންރޫމް އަދި ކުޑަ ސްޓޯރު ބައެއްގެ މައްޗަށެވެ. 01 ފާހާނާވަނީ ތަޅުމުގައިއާއި ފާރުގައި އެއްކޮށް މުށިޖަހާ، ސެޓުބަހައްޓާ 05 ޕޮއިންޓް ފެންވައިރުކޮށްފައިއެވެ. ބޮޑުމިނަކީ 4’x8’ އެވެ. 01 ފާހާނާވަނީ ތަޅުމުގައިއާއި ފާރުގައި އެއްކޮށް މުށިޖަހާ ސެޓުބަހައްޓާ 05 ޕޮއިންޓް ފެންވައިރުކޮށްފައިއެވެ. ބޮޑުމިނަކީ 6’x6’ އެވެ. ސްޓޯރުބައިގެ ބޮޑުމިނަކީ 9’x5’.4’’ އެވެ. ބަދިގެ ބައިވަނީ ކަބަޑު ސެޓުބަހައްޓާ ސިންކުބަހައްޓާ 01 ޕޮއިންޓް ފެންވައިރުކޮށް ކަބަޑުމަތިން 3 ފޫޓަށް  މުށިޖަހާފައެވެ. ކަބަޑުބައިގެ ބޮޑުމިނަކީ 3’x2’x12’ އެވެ.

ނައިންތްފްލޯ

މިބައި އެކުލެވިގެންވަނީ 01 ކޮޓަރި 01 ފާހާނާ، ސިޓިންރޫމް އަދި ބެލްކަނީގެ ބައެއްގެ މައްޗަށެވެ. ކޮޓަރީގައިވަނީ ކްލޯސެޓް ވޯކިންކަބަޑު ހަދާފައެވެ. 01 ފާހާނާވަނީ ތަޅުމުގައިއާއި ފާރުގައި އެއްކޮށް މުށިޖަހާ ބާތުޓަބު ބަހައްޓާ ސެޓުބަހައްޓާ ފެންވަރާބައި ބިއްލޫރިޖަހާ ވަކިކޮށް 05 ޕޮއިންޓް ފެންވައިރުކޮށްފައިއެވެ. ބޮޑުމިނަކީ 4’x8’ އެވެ.

ޓެރަސްފްލޯ

މިބައިވަނީ ތަޅުމުގައި މުށިޖަހާ ޕެރޕެޓްވޯލްމަތިން ލަކުޑި ފެންޖަހާ ލަކުޑި ޕެވިލިއަން ހަދާފައެވެ.

ލިފްޓް

މިބައިވަނީ މެޝިންރޫމްހަދާ ލިފްޓް ހަރުކޮށް ހުރިހާ ފްލޯތަކަށް އަރާފޭބޭނެހެން ކޮންޓްރޯލް ހަރުކޮށް ލިފްޓް ޕެނަލް ހަރުކޮށްފައެވެ. ހަރުކޮށްފައިވާ ލިފްޓް ބެރޭންޑަކީ މިޓްސުބިސީ ކަރ ކެޕޭސިޓީ 450ކލ އެވެ.

 

 

ނީލަމުގެ ތަފްޞީލު:

ސިޓީލުމުގެ ސުންގަނޑި: 21 ސެޕްޓެމްބަރ 2021 އިން ފެށިގެން 27 ސެޕްޓެމްބަރ 2021 ގެ 13:30 އާއި ހަމައަށް

ވިއްކާ ތަން ބެލުމުގެ އިންތިޒާމް ހަމަޖެހިފައިވާ ތާރީޚްތައް: 12 ސެޕްޓެޕްބަރ 2021 އިން 15 ސެޕްޓެމްބަރ 2021 އަށް ކޮންމެ ދުވަހެއްގެ 13:30 ން 17:30 އާއި ދެމެދު މ. އަތަމާޕްލާޒާ ބެލުމުގެ އިންތިޒާމް ހަމަޖެހިފައިވެއެވެ. މިތަން ބަލަން ބޭނުންވާ ފަރާތްތަކުން 7832066  އަށް ގުޅުމަށް އަންގަމެވެ.

ވިއްކާލެވޭ ތަން ހުރި އެޑްރެސް: މ. އަތަމާޕްލާޒާ، ނަންބަރު 2/2،  ފާމުދޭރިމަގު،  މާފަންނު ތަރުތީބު ނަންބަރު: 22333

27 ސެޕްޓެމްބަރ 2021 ގެ 13:30 އާއިހަމަޔަށް ހުށަހަޅާ އަގުތައް ސިވިލް ކޯޓުގެ ވެބްސައިޓް (http://www.civilcourt.gov.mv) ގައި އިޢުލާންކުރެވިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ 27 ސެޕްޓެމްބަރ 2021 ގެ 13:30 އާހަމަޔަށް ހުށަހަޅާ އެންމެ މަތީ އަގަކަށެވެ.

ނީލަން ނިންމުން:

އިޢުލާނުގެ މުއްދަތު ހަމަވުމުން އަގު ހުށަހަޅާފައިވާ ފަރާތަކަށް ސިވިލް ކޯޓުން އެކަން އަންގާނެއެވެ. އަދި އަންގާ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) ފައިސާ ސިވިލް ކޯޓަށް ދައްކަންވާނެއެވެ. ނުދައްކައިފިނަމަ ނުވަތަ ހުށަހެޅި އަގު އެއްވަރުވެއްޖެނަމަ އެހުށަހެޅިފަރާތްތަކުގެ މެދުގައި ގުރުއަތުލުމަށްފަހު ގޮތެއް ކަނޑައަޅާނީ ސިވިލް ކޯޓުންނެވެ.

ވިއްކުމުގެ އިޢުލާން ނިންމުނުކަމަށް ސިވިލް ކޯޓުން ކަނޑައަޅާ ވަކިފަރާތަކަށް ނުއަންގާ ހިނދެއްގައި، މިއިޢުލާން ބާތިލް ކުރުމުގެ އިޚްތިޔާރު ސިވިލް ކޯޓަށް ލިބިގެން ވެއެވެ.

އަގު ހުށަހެޅުން:

ހުށަހަޅަން ޖެހޭގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއިއެކު ސިޓީ އުރައެއްގައި ބަންދުކުރައްވާފައި ހެނދުނު 10:00 އާއި މެދުރުފަހުގެ 13:30 ދެމެދު ޖަސްޓިސް ބިލްޑިންގ ސެކަންޑް ފްލޯރ ގައި ހުންނަ ކައުންޓަރަށް ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި "މ. އަތަމާޕްލާޒާ ގަތުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. ނީލަމަށް ކުރިމަތިލުމަށް ހުށަހަޅާ ހުށަހެޅުމުގައި އަންނަނިވި ލިޔުންތައް ފުރިހަމަވެފައި ހުންނަންވާނެއެވެ.

  • އަމިއްލަ ފަރުދެއްނަމަ: ގުޅޭނެ ފޯނު ނަންބަރާއިއެކު އަގު ބަޔާންކުރައްވާފައިވާ ސިޓީއެއް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ބިދޭސީއެއްނަމަ ޕާސްޕޯރޓުގެ ކޮޕީ).

ކުންފުންޏެއްނަމަ: - މި އިޢުލާނާއި ގުޅިގެން ސިވިލް ކޯޓާއި މުޢާމަލާތް ކުރައްވާނެ ފަރާތަކާއި ގުޅޭނެ ފޯނު ނަންބަރާއިއެކު އަގު ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް.

-  ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

-  މިއިޢުލާނާއި ގުޅިގެން ސިވިލް ކޯޓާއި މުޢާމަލާތް ކުރައްވާނެ ފަރާތެއް ޢައްޔަންކުރައްވާފައިވާ ކުންފުނީގެ ޤަރާރު

-  ކުންފުނީގެ އަސާސީ ޤަވާޢިދު އަދި ހިންގާ ޤަވާޢިދުގެ ކޮޕީ

މީގެ އިތުރުން ނީލަމަށް ހުށަހަޅާ އަގު ދެއްކުމުގެ މާލީ ޤާބިލުކަން ހުށަހަޅާ ފަރާތުގެ ކިބައިގައި ހުރިކަން ސާބިތުކުރުމަށްޓަކައި އެންމެފަހުގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓް (ފާއިތުވި 01 މަސްދުވަހުގެ) ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހަޅާ އެކައުންޓް ސްޓޭޓްމަންޓް އަޕްޑޭޓްކުރެވިފައި އޮންނަންވާނީ އެންމެ ލަސްވެގެން އަގު ހުށަހަޅާ ތާރީޚްގެ 07 (ހަތެއް) ދުވަސްކުރިއަށެވެ. އަދި މިގޮތަށް ހުށަހަޅުއްވާ އެކައުންޓް ސްޓޭޓްމަންޓްވާންވާނީ ސީދާ އެފަރާތެއްގެ ނަމުގައި ބޭންކުން ދޫކޮށްފައިވާ އޮރިޖިނަލް ލިޔުމަކަށެވެ. ނަމަވެސް އަގުމަތިކުރުމުގެ ގޮތުން ދެވަނަ ފަހަރަށް އަގުހުށައަޅާނަމަ ސީދާ އެފަރާތެއްގެ ނަމުގައި ބޭންކުން ދޫކޮށްފައިވާ އޮރިޖިނަލް ލިޔުމުގެ ކޮޕީއެއް ހުށަހެޅިދާނެއެވެ. މިނީލަމާއިއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް ފުރިހަމަ ކުރެވިފައިނުވާނަމަ، ނީލަން ބާޠިލްކުރުމުގެ ޙައްޤު ސިވިލް ކޯޓަށް ލިބިގެންވާކަމުގައި ދަންނަވަމެވެ.

ވީމާ، މިނީލަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ސެޕްޓެމްބަރ 27 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ޖަސްޓިސް ބިލްޑިންގ ގެ ސެކަންޑް ފްލޯރ ގައި ހުންނަ ކައުންޓަރަށް އަގު ހުށަހަޅާ ސިޓީ ފޮނުވުން އެދެމެވެ. އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 7370344 / 3002740 ނަންބަރ ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

  • މ. އަތަމާޕްލާޒާ (ރަޖިސްޓްރީ ނަންބަރު އ.5339) އެވެކިޔާ އަމިއްލަ ބިމާއި އެބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ސިޓީލާ ނީލަމުގެ އުސޫލުން ވިއްކާލުމަށް މިއިޢުލާންކުރެވިފައިވަނީ 31 އޯގަސްޓް 2021 ގައި މިކޯޓުން ކޮށްފައިވާ ނަންބަރު:144B5-CR-3/2021/951 އިޢުލާން ބާޠިލްކުރުމަށްފަހުގައިއެވެ.

 

08 ސެޕްޓެމްބަރ 2021

08 ސެޕްޓެންބަރު 2021
ހޯދާ