ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސައުންޑް ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ހދ. އަތޮޅު ކައުންސިލަށް އަންނަނިވި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

  1. ސައުންޑް ސިސްޓަމް

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރަށްވާ ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1- މިބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ 08 ސެޕްޓެންބަރު 2021 ން ފެށިގެން 16 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އާއި ހަމަޔަށް އޮންލައިންކޮށެވެ. ރަޖިސްޓްރީވުމަށް https://www.haadhaal.gov.mv/bid-register ބޭނުން ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާއިގުޅޭ މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.

3- ބީލަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވެލައްވާ ނަމަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ  6521637 އާ ފޯނުން ގުޅުއްވައިގެން މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.

4- ބީލަންތައް ހުޅުވުން އޮންނާނީ 19 ސެޕްޓެންބަރު 2021 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

5- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް

   އަމީނީމަގު، ކުޅުދުއްފުށި، ދިވެހިރާއްޖެ

   ފޯން: 6521637

08 ސެޕްޓެންބަރު 2021
ހޯދާ