މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖުކޯޕަރޭޝަންގައި ހުރި ބައެއް ތަކެތި ނީލަން ކިއުމާބެހޭ

ނަންބަރު: (IUL)MHCL-P/1/2021/18

 

 

 

އިޢުލާން

 

މިކުންފުނީގައި ހުރި ބައެއް ތަކެތި ނީލަން ކިއުމާބެހޭ

 

މި ކުންފުނީގެ އިއުލާން ނަންބަރު (IUL)MHCL-P/1/2021/15 (26 އޯގަސްޓް 2021) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލަމަވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 18 ސެޕްޓެމްބަރު 2021 ވާ ހޮނިހިރު ދުވަހުގެ 11:00 އަށް މިކުންފުނީގެ އޮފީހަށް (މ.ފުރަންކަރަ، 02 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

 

ނީލަމުގައި ވިއްކުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު، އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީއެއް ގެންނަވަންވާނެއެވެ.

 

ނީލަން ކިއުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

08 ސެޕްޓެމްބަރު 2021

08 ސެޕްޓެންބަރު 2021
ހޯދާ