ރ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިސުކޫލްގެ ކުދި ޑެސްކު މަރާމާތު ކުރުމާއި ކުލާސްރޫމްތަކާއި އަދި އެހިނިހެން ރޫމްތަކުގެ ބޮޑު ދޮރުތައް އަމިއްލަ ތަކެތީގައި މަރާމާތުކުރުމަށް ކުރިންކުރި އިއުލާން ނަމްބަރު (GS18 / I / 2021 / 23 ) ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.
ނަންބަރު: GS18 / I / 2021 / 25 |
ބީލަން ހުށަހެޅުމުގެ ދަޢުވަތު |
ތާރީޙް: 8 ސެޕްޓެމްބަރ 2021 |
އިޤްތިޞާދީ ފުދުންތެރިކަން – އިޖްތިމާޢީ ހަމަޖެހުން
|
މިސުކޫލްގެ ކުދި ޑެސްކު މަރާމާތު ކުރުމާއި ކުލާސްރޫމްތަކާއި އަދި އެހިނިހެން ރޫމްތަކުގެ ބޮޑު ދޮރުތައް އަމިއްލަ ތަކެތީގައި މަރާމާތުކުރުމަށް ކުރިންކުރި އިއުލާން ނަމްބަރު (GS18 / I / 2021 / 23 ) ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.
- މި ބީލަމުގައި ބައިވެރިވެވޭނީ ، ޤާނޫނު ނަންބަރު 18/2014 ( ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު )ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު: 19/2014 ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު)ގެ ދަށުން ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 08 ސެޕްޓެމްބަރ 2021 އިން 13 ސެޕްޓެމްބަރ 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ފޯން ނަމްބަރ 7963333 އަދި 6582705 އާއި ގުޅުއްވައިގެން ނަންނޯޓް ކުރެވޭނެއެވެ.
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 13 ސެޕްޓެމްބަރ 2021ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިމަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އޮންނާނީ 14 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 1:00 ގައި ރ.އަތޮޅު މަދަރުސާގެ މީޓިންގ ރޫމްގައެވެ.
- ބިޑް ހުށަހެޅުން އޮންނާނީ 21 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00ގެ ނިޔަލަށް ރ.އަތޮޅު މަދަރުސާގެ މީޓިންގް ރޫމްގައެވެ. ބިޑް ހުޅުވުން އޮންނާނީ 21 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:05 ގައެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯން: 7963333
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
1 ސަފަރު 1443
8 ސެޕްޓެމްބަރ 2021
08 ސެޕްޓެންބަރު 2021
ހޯދާ