ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލް ހެލްތް އޮފިސަރ ހޯދުމަށް

  

                                                        ނަމްބަރ: (IUL) /GS-30/2021/18 

މަޤާމް:

ސްކޫލް ހެލްތް އޮފިސަރ

މަޤާމްގެ ނަމްބަރ:

J-341255

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1 (MS1)

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ގދ.އަތޮޅު މަދަރުސާ / ގދ.ގައްދޫ

މުސާރަ:

5610.00 ރުފިޔާ

ސަރވިސް އެލަވެންސް:

2500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. 1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ.
  2. ދިވެހި ރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫންގެ ދަށުން ދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާދެވޭނެއެވެ.
  4. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700ރ

 

 

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-        މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ސްކޫލް ހެލްތް ޕޮލިސީއާއި، ހެލްތް ޕްރޮމޯޓިންގ ސްކޫލް ޕޮލިސީ އަދި ޕޮލިސީތަކަށް ރިއާޔަތްކޮށް ސްކޫލުން ތައްޔާރުކޮށްފައިވާ ސްކޫލުގެ "ހެލްތް ޕޮލިސީ" ސްކޫލްގެ ވެރިންގެ ލަފައާއި މަޝްވަރާގެ މަތިން ސްކޫލުގައި ތަންފީޒުކުރުން

2-      މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ތާރީޚަކަށް، ކަނޑައަޅާ ގްރޭޑްތަކެއްގެ ހެލްތް ސްކްރީނިންގ ސްކޫލްގެ ވެރިން ހަމަޖައްސަވާ އުސޫލެއްގެ މަތިން ކަމާގުލޭ ފަރާތްތަކާ (ހޮސްޕިޓަލް/ސިއްޙީ މަރުކަޒު) ގުޅިގެން ނިންމާ މިނިސްޓްރީ އޮފް އެޑިޔުކެޝަންގެ ސްކޫލް ހެލްތް އެންޑް ސެކްޝަނަށް ރިޕޯރޓް ފޮނުވުން.

3-      ސްކޫލަކީ ހެލްތް ޕްރޮމޯޓިންގ ސްކޫލަކަށް ހެދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސްކޫލްގެ ވެރިންގެ ލަފަޔާއި މަޝްވަރާ ހޯދައިގެން ކުރުމާއި،ބަރާބަރު ސްކޫލް އިންޑިކޭޓްސްގައި ހިމެނޭ "ހެލްތް އެންޑް ސޭފްޓީ ޑައިމެންޝަން" ގެ ބައިތައް ސްކޫލްގައި ފުރިހަމަ ކުރުމަށް ސްކޫލްގެ ވެރިންނާ ގުޅިގެން މަސައްކަތް ކުރުން.

4-      ސްކޫލްގެ ސްކޫލް ހެލްތް އަހަރީ ޕްލޭން ސްކޫލްގެ ވެރިން އަދި މުވައްޒަފުންނާ މަޝްވަރާކޮށްގެން އެކުލަވާލައި އަހަރީ ޕްލޭން ސްކޫލްގެ މުވައްޒަފުންނާ، ބެލެނިވެރިންނަށް ހިްސާކޮށް އަހަރީ ޕްލޭންގެ ކޮޕީއެއް ދިރާސީ އަހަރު ފެށޭތާ 15 ދުވަހުގެ ތެރޭގައި އެޑިޔުކޭޝަނަލް ސްޕަވިޜަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަން (އެސްކިޑް) އަށް ފޮނުވުން.

5-      ދަރިވަރުންގެ ޞިއްޙީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ތަރައްޤީ ކުރުމަށް ސްކޫލްގެ ވެރިންގެ ލަފަޔާއެކު ސްކޫލް ފެންވަރުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ޕްރޮގްރާމްތައް ރަވާއި ހިންގައި ބެލެހެއްޓުމާއި، ދަރިވަރުންގެ ހެދިބޮޑުވުން (ހައިޓް/ވެއިޓް) ބެލެހެއްޓުމާއި، ދަރިވަރުންނަށްދޭ ފަނިބޭސް/ ވިތަމިން އޭ ކެޕްސޫލް ޕްރޮގްރާމް ބެލެހެއްޓުމާއި، ރިޕޯރޓް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކަށް ފޮނުވުން

6-      ސްކޫލްގެ ފަސްޓް އެއިޑް އިކުއިޕްމެންޓްސް އިންވެންޓްރީ އަދި ހެލްތް ރޫމްގެ އިންވެންޓްރީ ތައްޔާރުކޮށް ބެލެހެއްޓުމައި، ހެލްތް ރޫމުން ދޭ ޚިދުމަތްތައް އެއްވެސް ދަރިވަރެއް ތަފާތުކުރުމެއްނެތި ދިނުމާއި، ސްކޫލްގައި ތައުލީމް ޙާސިލްކުރަމުންދާ "ވަލްނަރަބަލް" ދަރިވަރުންގެ ޞިއްޙީ ހާލަތު ވަޒަންކޮށް އެފަދަ ދަރިވަރުންނަށް ކްލާސް ޓީޗަރާއި ސްކޫލްގެ ވެރިންނާއި ގުޅިގެން އެހީތެރވެދީ، އެފަދަ ދަރިވަރުންގެ މަޢުލޫމާތު ބެލެހެއްޓުން

7-              ސްކޫލުން ބޭރުގައި، ސްކޫލުން ރާވައިގެން ހިންގާ ހަރަކާތް ތަކުގައި ދަރިވަރުންނަށް ފަސްޓްއެއިޑްގެ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ދަރިވަރުންގެ ރައްކަތެރިކަން ކަށަވަރުކުރުމަށް ސްކޫލްގެ މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުން

8-      ސްކޫލްގައި ދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަކަށް ޞިއްޙީ މައްސަލައެއް ދިމާވެއްޖެނަމަ އެދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަށް ސްކޫލުން ކަނޑައަޅާފައިވާ ގޮތެއްގެމަތިން ފަރުވާ (ފުރަތަމަ އެހީ) ދިނުމާއި، މިކަމާގުލޭ އެންމެހައި ކަންތައްތަކުގެ ރިޕޮރޓާއި ރިކޯޑް ބެލެހެއްޓުން

 

9-      ސްކޫލް ޓީޗަރުންނާއި ސްކޫލް މަތީ ގްރޭޑް ތަކުގެ ދަރިވަރުންނަށް ފަސްޓް އެއިޑް ޓްރޭނިންގް ދެވޭނެ 

އިންތިޒާމް ސްކޫލްގެ ވެރިންގެ ލަފައާއި މަޝްވަރާގެ މަތިން ހަމަޖެއްސުމާއި، ސްކޫލްގައި މަދިރި ފަނި އާލާވާނެ ތަންތަން 

ހުރިތޯ ބަލައި ޗެކްކުރުމާއި،ރަށުގަ ރޯގާ ބަލިމަޑުކަމެއް ފެތުރޭނަމަ އަކަމުން ދަރިވަރުން ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަން

 ބަލައި ސްކޫލްގެ ވެރިންނާއި ގުޅިގެން ފިޔަވަޅު އެޅުން

 މަޤާމުގެ ޝަރުތުތައް:

 

1-      މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

*  މަޤާމްގައި ކޯ ޑިސިޕްލިންގެ ގޮތުގައި ކަޑައަލާފައިވާ ދާއިރާތައް:

  1. ކޮމިޔުނިޓީ ހެލްތް

  2. ޕްރައިމަރީ ހެލްތް ކެއަރ

  3. ޕަބްލިކް ހެލްތް

 

  • ·            މަޤާމުގެ މަސައްކަތު ދާއިރާ: ހެލްތް ސަރވިސް

 

               

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބެލެވޭނެ ކަންތައްތައް:

  1. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  3. ޤާބިލްކަން ކަށަވަރުކުރުމަށް ބާއްވާ އިމްތިހާން އަދި އިންޓަރވިއުއަށް ބަލައިގެން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ސެޕްޓެމްބަރ 2021 ގެ މެންދުރު ފަހު 12:00 ގެ ކުރިން، ގދ.އަތޮޅު މަދަރުސާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މިމަދަރުސާގެ އީމެއިލް [email protected] މެދުވެރިކޮށް ފޮނުވުމުންވެސް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މިމަޤާމުތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ،  15 ސެޕްޓެމްބަރ އިން 2021 އާއި 20 ސެޕްޓެމްބަރ 2021 އާ ދެމެދު، ގދ.އަތޮޅުމަދަރުސާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައާއި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅާނީ، މިއިދާރާގެ 7983083 ނަންބަރ ފޯނާއެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

                               1443 B 8 

08 ސެޕްޓެމްބަރ 2021

08 ސެޕްޓެންބަރު 2021
ހޯދާ