ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 12 ވަނަ ޖަލްސާގެ ނިންމުން
ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް |
|||
ބައްދަލުވުމުގެ ނަންބަރު: |
4 ވަނަ ދައުރުގެ 12 |
ބައްދަލުވުމުގެ ބާވަތް: |
އާއްމު ބައްދަލުވުން |
ބައްދަލުވުން ބޭއްވި ތާރީޙް: |
7 ސެޕޓެމްބަރ 2021 |
ބައްދަލުވުން ބޭއްވި ގަޑި: |
11:30 |
ނިންމުންތައް
- ތެޔޮވިއްކުމަށް ބިމަކަށްއެދި ހުށަހަޅާފައިވާ މައްސަލައިގައި ބިމަށް އެދި ހުށަހަޅާފައިވާ ގޮތައް ޑިފެންސް މިނިސްޓްރީއިން އެކުލަވާލައިފައިވާ ޤަވާއިދުތަކާއި އުސޫލުތަކަށްފެތޭގޮތައް 2000 އަކަފޫޓުގެ ބިމެއް ހުއްދަނަގަންޖެހޭ އިދާރާތަކުން ހުއްދަނެގުމަށްފަހު ޒިޔާރަތްމަގުގެ ދެކުނު އަދި އިންޖީނުގޭގެ އިރުން ދޫކުރުމަށް ނިންމުނު.
- މިހިނދަށް ރައްޖިސްޓަރީ ހެއްދުމަށް ހުށަހަޅާފައިވާ ގޯތިތަކުގެ ވެރިންނާއިއެކު އިދާރާއިން ނިންމާ ދުވަސްތަކެއްގައި ބައްދަލުކުރުމަށާއި ގޯތިތަކުގައި މިންއެޅުމުން ފާހަގަކުރެވިފައިވާ ކަންކަން ހިއްސާކޮށް މިހިނދަށް ނެގިފައިވާ މިންތަކަށް ގޯތިތަކުގެ ވެރީން އިއުތިރާޞް ނުކުރާނަމަ ރަޖިސްޓަރީ ތައްޔާރުކުރުމުގެ ކަންކަން ކުރިޔައްގެންދިއުމަށް ނިންމުނު.
- 2021 ވަނަ އަހަރު މުވައްޒަފުންނައް އިތުރުގަޑީގެ ފައިސާގެ ގޮތުގައި ދޫކުރެވިފައިނުވާ ފައިސާ ތިންމަހުން ތިންމަހުން ދޫކުރުމަށާއި ފައިސާގެ ތަފްސީލް ކައުންސިލްގެ އިދާރީ ބައްދަލުވުމެއްގައި ހިއްސާކުރުމަށް ނިންމުނު.
އިސްވެ ބަޔާންކުރެވިފައިވާ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުންތައް އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.
07 ސެޕްޓެންބަރު 2021
ހޯދާ