ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ: މިއިދާރާގެ ހެންސަރޑް ފިހާރައަށް ބޭނުންވާ ތަކެތި ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

       މިއިދާރާގެ ހެންސަރޑް ފިހާރައަށް ބޭނުންވާ ތަކެތި ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

       ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށްފަހު، ޕްރީބިޑް މީޓިންގ އަށް ޙާޟިރުވެ ދެންނެވިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން 13 ސެޕްޓެންބަރ 2021 ވާ ހޯމަ ދުވަހުގެ 23:59 ގެ ކުރިން އީމެއިލް މެދުވެރިކޮށް، މި އިދާރާގެ އީމެއިލް، [email protected] އަށް ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ފޮނުއްވުން.

ކޮޕީ: [email protected]

ޝައުޤްވެރިކަން ފާޅުކުރާ މަސައްކަތުގެ އިޢުލާން ނަންބަރު: 27 / 2021 / އައި.ޓީ / ޓީ - 57

ކުންފުނި/ ވިޔަފާރީގެ ނަން:

ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު:

އީމެއިލް އެޑްރެސް:

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

ތަން: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ތާރީޚާއި ގަޑި: 14 ސެޕްޓެންބަރު 2021 ވާ އަންގާރަ ދުވަހުގެ 13:00 ގައި

ނޯޓް: މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެއްއުރަ ކުރެވިފައި

ޕްރީބިޑް މީޓިންގ

ތަން: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ތާރީޚާއި ގަޑި: 21 ސެޕްޓެންބަރު 2021 ވާ އަންގާރަ ދުވަހުގެ 13:00 ގައި.

ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ އީމެއިލް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށް ޕްރީބިޑް މީޓިންގ އަށް ޙާޟިރުވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ.

ބީލަން ހުށަހެޅުމާއި ހުޅުވަންވީ ތަނާއި ސުންގަޑި

 

08 ސެޕްޓެންބަރު 2021
ހޯދާ