ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
މާލެ،ދިވެހިރާއްޖެ
(IUL)25-A5/25/2021/55 :ނަންބަރު
| 
 އިޢުލާނު 
  | 
|||||||||||||||||
| 
 މަޤާމު:  | 
 ޑެސްކް އޮފިސަރ  | 
||||||||||||||||
| 
 މަޤާމުގެ ނަންބަރު:  | 
 J-329799  | 
||||||||||||||||
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
||||||||||||||||
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
||||||||||||||||
| 
 މަޤާމުގެ ރޭންކު:  | 
 އެމް.އެސް 1  | 
||||||||||||||||
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
||||||||||||||||
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
 މިނިސްޓްރީ އޮފް ފޮރިން އެފެއާޒް)ހިއުމަން ރިސޯސް އެންޑް ޓްރެއިނިންގ ސެކްޝަން)  | 
||||||||||||||||
| 
 މުސާރަ:  | 
 -/5,610 ރ.  | 
||||||||||||||||
| 
 ސަރވިސް އެލަވަންސް:  | 
 -/2,000 ރ  | 
||||||||||||||||
| 
 އެހެނިހެން އެލަވަންސް:  | 
 - އެހެނިހެން އެލަވަންސް: ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 - ސަޕޯޓިންގ ކޯ 2: -/700 ރ - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ. - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ދެވޭނެއެވެ. - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.  | 
||||||||||||||||
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
 1. މިނިސްޓްރީއަށް ވައްދާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަކި ކުރުމާއި، ބަދަލުކުރުމާއި، މުވައްޒަފުންގެ ވަޒީފާ ބަޔާނާއި، ވަޒީފާ އެއްބަސްވުންތައް ތައްޔާރުކުރުމާއި ގުޅޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން 2. މިނިސްޓްރީ އަދި މިޝަންތަކުގެ އޮނިގަނޑާއި، މަޤާމް އުފެއްދުމާއި، މިޝަންގެ ޕޯސްޓިންގއަށް ވަޑައިގަންނަވާ މުވައްޒަފުންނާއިގުޅޭ މަސައްކަތްތައްކުރުން 3. މިނިސްޓްރީގެ މުވައްޒަފުންގެ ރެޖިސްޓްރީއާއި މަޤާމް ރެޖިސްޓްރީ އަދާހަމަކޮށް ރެކޯޑް ބެލެހެއްޓުން 4. މިނިސްޓްރީއާއި އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންގެ ފިންގަރ ޕްރިންޓް ނެގުމުގައިޔާއި ލިބެންޖެހޭ 5. އެހެނިހެން އެކްސެސްތަކުގެ(ނެޓްވަރކް/އިމެއިލް/އެކްސެސް ކާޑް) މަސައްކަތްތައް އޮންނަ އުސޫލަކުން ކުރުން 6. މިނިސްޓްރީގެ މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ތައްޔާރުކޮށް، އަޕްޑޭޓްކޮށް ބެލެހެއްޓުން 7. މުވައްޒަފުންގެ ހާޒިރީ، އިތުރުގަޑީގެ ޚާޒިރީ ބެލެހެއްޓުމާއި މުސާރަ ދިނުމަށް ތައްޔާރުކުރާ އިތުރު ގަޑީ ހިސާބުކުރުމުގެ މަސައްކަތްތަކާއި މުވައްޒަފުންނަށް ދެވޭ މުސާރައާއި އެލަވަންސްގެ މަސައްކަތްތައް ކުރުން 8. މުވައްޒަފުންގެ ޕާރފޯމަންސް އެޕްރޭޒަލް ފޯމަށް ބޭނުންވާ މަޢުލޫމާތު ހޯދުމާއި އެ ފޯމްތައް ފުރުހަމަކޮށް ސިސްޓަމް އަޕްޑޭޓްކުރުމާއިގުޅޭ މަސައްކަތްތައް ކުރުން 
  | 
||||||||||||||||
| 
 މަޤާމުގެ ޝަރުޠުތައް:  | 
 މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.  | 
||||||||||||||||
| 
 މަޤާމުގެ ތަޢުލީމީ ރޮނގުތައް 
 އިންޓަރނޭޝަނަލް ރިލޭޝަންސް، ޕަބްލިކް ޕޮލިސީ، ސޯޝަލް ސައިންސް، ޕޮލިޓިކަލް ސައިންސް، އެކައުންޓިންގ، ފައިނޭންސް، ކޮމަރސް، އިންޓަރނޭޝަނަލް ސައިންސް، ބިޒްނަސް، މެނޭޖްމެންޓް، އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމެންޓް، އެންޓަރޕްރިނިއުޝިޕް، ޖަރނަލިޒަމް، ހިއުމަން ރިސޯސް މެނޭޖްމެންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ލޯ، ޝަރީއާ، މާރކެޓިންގ، އިންޓަރނޭޝަނަލް ލޯ އެންޑް ޕޮލިޓިކްސް، އިކޮމޮނިކްސް، ސޯޝިއޮލޮޖީ، ފޮރިން ޕޮލިސީ އަދި ޑިޕްލޮމަސީ 
 ކޯ ޑިސިޕްލިން -ހިއުމަން ރިސޯސް  | 
|||||||||||||||||
| 
 މަޤާމުގެ މަސައްކަތުގެ ދާއިރާތައް ހިއުމަން ރިސޯސް-  | 
|||||||||||||||||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  | 
  | 
||||||||||||||||
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 
 
 
 މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 55 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ. ނޯޓް: ފޮރިން ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލު މި މިނިސްޓްރީގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ. https://www.gov.mv/en/publications/foreign-service-toolkit-4th-revision 
  | 
||||||||||||||||
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ސެޕްޓެމްބަރ 2021 ގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
  | 
||||||||||||||||
| 
 ޝޯޓްލިސްޓުކުރުން: 
  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭނީ ތަޢުލީމާއި، މަސަތްކަތުގެ ތަޖުރިބާ އާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައިގެން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތަކެވެ. 
  | 
||||||||||||||||
| 
 އިމްތިޙާނާއި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 13 ސެޕްޓެމްބަރ 2021 އާއި 13 އޮކްޓޯބަރ 2021 އާ ދެމެދުގައެވެ. އިންޓަވިއު އަދި އިމްތިޙާން އޮންނާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ. 
 ކޮވިޑް-19 ގެ ހާލަތާއިގުޅިގެން އިމްތިޙާން އަދި އިންޓަވިއު ކުރިއަށްދާނެ ގޮތް ބަދަލުވާނަމަ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދުރާލާ މި މިނިސްޓްރީ އިން އަންގާނެއެވެ. 
  | 
||||||||||||||||
| 
 "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން  | 
 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.  | 
||||||||||||||||
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3023941 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.  | 
|||||||||||||||||
30 މުޙައްރަމް 1443
7 ސެޕްޓެމްބަރ 2021
