މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޮނީޓަރިންގެ ޙާލަތުގައި ޚިދުމަތްދިނުމާއި ގުޅޭ

އިޢުލާން

މޮނީޓަރިންގެ ޙާލަތުގައި ޚިދުމަތްދިނުމާއި ގުޅޭ

ރ. މަޑުއްވަރީން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ ރަށް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. އެހެންކަމުން މިއިދާރާއަށް ކޮންމެހެން ދުރުވެގެން ނޫނީ ނުހޯދޭނެ ޚިދުމަތްތައް ފިޔަވާ އެހެނިހެން ޚިދުމަތްތައް ހޯދުމަށް މިއިދާރާގެ ނަންބަރު 6580025 އާ ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން ކުރިއަށް ގެންދެވުމަށް ދަންނަވަމެވެ. ޚިދުމަތްތަކަށް އެދޭ ފޯމުތައް މިއިދާރާގެ ވެބްސައިޓް www.raamaduvvari.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މިއިދާރާއިން ދޭ އެކިއެކި ޚިދުމަތްތަކަށް ދައްކަވާ ފައިސާ އާއި ބިމުކުލީގެ ގޮތުގައި ދައްކަވާ ފައިސާ 1349 ރެވެނިއު 1 ނަންބަރު 7717700482001 އެކައުންޓަށް ޓްރާންސްފަރ ކުރެއްވުމަށްފަހު ޓްރާންސެކްޝަން ސްލިޕް 7939355 އަށް ވައިބަރ ކުރެއްވުމަށް ދަންނަވަމެވެ. ޓްރާންސްފަރ ކުރައްވާއިރު ފައިސާ ދެއްކެވި މީހާގެ މަޢުލޫމާތާއި ފައިސާ ދެއްކެވީ ކޮން ޚިދުމަތަކަށްކަން ނުވަތަ ކޮން ކުލީބިމަކަށްކަން އެނގޭނެގޮތަށް ރިމާކްސް ބައި ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ރަށް މޮނިޓަރިންގެ ހާލަތުން ނަގަންދެން މިއިދާރާއިން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން، އައި.ޑީ. ކާޑު ހެއްދުމުގެ ޚިދުމަތާއި ފޮޓޯ ނެގުމާއި ލައިސަންސް ހެއްދުމުގެ ޚިދުމަތާއި ގޯތިގެދޮރުގެ އިން ވަކިކުރުމާއި ފޫޓް އެޅުމާއި ގޭގެއަށާއި ތަންތަނަށް ޒިޔާރަތްކޮށްގެން ދޭންޖެހޭ ޚިދުމަތްތައް ދިނުން މެދުކަނޑާލުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަންކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. މިފަދަ ނުރައްކާތެރި ދަނޑިވަޅުގައި މިބަލިމަޑުކަމުން ސަލާމަތްކޮށްދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ގިނަގިނައިން ދުޢާ ދެންނެވުމަށް އެންމެހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވާ ޙާލު، އާންމު ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

07 ސެޕްޓެންބަރު 2021
ހޯދާ