ތިނަދޫ ސްކޫލް/ ގދ.ތިނަދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު، މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2021 ސެޕްޓެމްބަރ 15ވަނަ ދުވަހުގެ ކުރިން މި ސްކޫލުގެ މެއިލް[email protected] މެދުވެރިކޮށް ސިޓީއަކުން އެކަން އެންގެވުން އެދެމެވެ. ސިޓީގައި މެއިލް އެޑްރެސް އަދި ގުޅޭނެ ނަމްބަރެއް ޖެއްސެވުން އެދެމެވެ.
- މިކަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ސެޕްޓެމްބަރ 15ވާ ބުދަ ދުވަހުގެ 11:00ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- މިކަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ސެޕްޓެމްބަރ 20ވާ ހޯމަ ދުވަހު ދުވަހުގެ 11:00 ގައި ތިނަދޫ ސްކޫލްގައެވެ. ނަމަވެސް މިރަށް (ގދ.ތިނަދޫ)މި ތާރީޚުގައި މޮނިޓަރިންގެ ޙާލަތުގައި އޮވެއްޖެނަމަ، މަޢުލޫމާތުދިނުން އޮންނާނީ ވައިބަރ މެދުވެރި ކޮށެވެ.
- ބީލަން ހުޅުވުން އޮންނާނީ 2021 ސެޕްޓެމްބަރ 29 ވާ ބުދަ ދުވަހުގެ 11:00 ގައެވެ. ބީލަން ހުޅުވާނެ ގޮތަކާއި ތަނެއް ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް އެންގޭނެއެވެ.
- މި ޕްރޮޖެކްޓާ ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނޯޓް: ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
ތިނަދޫ ސްކޫލް
ގދ.ތިނަދޫ
ފޯން: 6842050/6842060
އީ-މެއިލް[email protected]
07 ސެޕްޓެމްބަރ 2021
07 ސެޕްޓެންބަރު 2021
ހޯދާ