ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ދިވެހި ސަރުކާރާއި ގުޅިގެން ކުރިއަށްދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)] ގެ އޮފީސް އިމާރާތުގައި މިނިސްޓްރީން ދޭ މިންތަކާއި އެއްގޮތައް ކެބިންތަކެއް ފަރުމާކޮށް ޕާޓިޝަންޖަހާދީ ނެޓްވޯކްއާއި ކަރަންޓު ވަޔަރު އަޅާދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 12 ސެޕްޓެންބަރު 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި، މ.ހަޒާރުމާގެ، ފަރީދީމަގު، 5 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.
ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 21 ސެޕްޓެންބަރު 2021 ވާ އާދީއްތަ ދުވަހުގެ ހެދުނު 11:00 ގައި، މި މިނިސްޓްރީ (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ)ގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3033410 ނަންބަރު ފޯނަށެވެ. އަދި އީމެއިލުން ނަމަ [email protected]; އަށެވެ. މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު އެއްއުރަކުރެވިފައިވާނެއެވެ.
