އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.މާޅޮހު ކައުންސިލް ޢިދާރާގެ ޖަލްސާކުރާ މާލަމް މަރާމާތުކޮށްދޭނެފަރާތެއް ހޯދުން

                                                 ނަންބަރު: (IUL)345-CAA/345/2021/165

އިޢުލާން

  • އަންދާސީ ހިސާބު ބޭނުންވެއްޖެ

 އއ.މާޅޮހު ކައުންސިލް ޢިދާރާގެ ޖަލްސާކުރާ މާލަމް މަރާމާތުކޮށްދޭނެފަރާތެއް ހޯދުން:

މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އއ.މާޅޮހު ކައުންސިލް ޢިދާރާގެ ޖަލްސާކުރާ މާލަމް މަރާމާތު ކުރުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ބިޑް ރަޖިސްޓްރީ ކުރުން:

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އއ.މާޅޮސް ކައުންސިލުގައި ބީލަން ރަޖިސްޓަރ ކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން 19 ސެޕްޓެމްބަރ 2021 ވާ (އާދިއްތަ) އާއި ދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 12:00 އާއި ދެމެދުއެވެ. ބީލަން ރަޖިސްޓްރީކުރެއްވުމަށް މެއިލް ކުރައްވާނީ [email protected] އަށެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީބިޑް ބައްދަލުވުން:

މި މަސައްކަތުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 21 ސެޕްޓެމްބަރ  2021 ވާ އަންގާރަ ދުވަހު 13:00 ގައި، އއ.މާޅޮހު ކައުންސިލްގެ އިދާރާ ގައެވެ.

ބިޑް ހުޅުވުން:

މި މަސައްކަތުގެ ބިޑް ހުޅުވުން އޮންނާނީ 27 ސެޕްޓެމްބަރ 2021 ވާ (ހޯމަ) ދުވަހުގެ 13:30 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑްތަކާއި އީމެއިލް އާއި ފެކްސްގެ ޒަރީޢާއިން ފޮނުވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން:

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 26 ސެޕްޓެމްބަރ 2021 ވާ (އާދިއްތަ) ދުވަހުގެ 11:00 ގެ ކުރިން، [email protected]  އީ-މެއިލް އެޑްރެހަށެވެ.

07 ސެޕްޓެންބަރު 2021
ހޯދާ