ދިވެހިރާއްޖެ
ފުނަދޫ ސްކޫލް |
|
ފުނަދޫ، |
|
ދިވެހިރާއްޖެ. |
އިޢުލާން ނަންބަރ: (IUL)GS-59-B/INDIV/2021/37
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ފުނަދޫ ސްކޫލްގެ އޮފީސްބައިގެ ކަރަންޓް އަޕްގްރޭޑްކުރުމަށް ބޭނުންވާ ތަކެތި ހޯދުން
މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
1. މި ބީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021ސެޕްޓެމްބަރ 07 ން 12 ގެ 8:00 ން 13:30 އާއި ދެމެދު ( ރަސްމީގަޑީގައި ) ގުޅުއްވައިގެން ނަންނޯޓު ކުރުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ ނަންނޯޓްކުރާ ފަރާތްތަކަށް އެކަނިއެވެ.
2. މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ސެޕްޓެމްބަރ 14 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން [email protected] ފޮނުއްވުން އެދެމެވެ. ނުވަތަ ރަސްމީގަޑީގައި 7961123 ފޯނާއި ގުޅުއްވުން އެދެމެވެ.
3. މިބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2021 ސެޕްޓެމްބަރ 15 ވާ ބުދަ ދުވަހު މެންދުރު 13:00 ގައި ފުނަދޫ ސްކޫލުގައެވެ.
4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 ސެޕްޓެމްބަރ 19 ވާ އާދީއްތަ ދުވަހު މެންދުރު 13:00 ގައި ފުނަދޫ ސްކޫލުގައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ދެންނެވިފައިވާ ތާރީޚުގެ ކުރިން ނަން ނޯޓު ކުރައްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެވެ.
ފުނަދޫ ސްކޫލް،
ރެހެންދިމަގު / ށ.ފުނަދޫ
ފޯން: 6540540
އީމެއިލް: [email protected]
07 ސެޕްޓެމްބަރ 2021