ދިވެހިރާއްޖެ
މި އިދާރާއަށް ތިރީގައިމިވާ ތަކެތި ގަތުމަށް ބޭނުންވެއެވެ.
# |
އައިޓަމް |
ބޭނުންވާ އަދަދު |
ސްޕެސިފިކޭޝަން |
1 |
ޑެސްކްޓޮޕް ކޮމްޕިޓަރ ސިސްޓަމް |
2 |
i7 processor, 8GB RAM, 1TB hard disk |
2 |
ޑެސްކްޓޮޕް ކޮމްޕިޓަރ ސިސްޓަމް |
1 |
i7 processor, 16GB RAM, 1TB hard disk, (minimum 24 inch Monitor) |
ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިމިވާ މައުލޫމާތާއިއެކު ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބިޑް ގައި ހުންނަންޖެހޭ މަޢުލޫމާތު:
1- ހުށަހަޅާ ފަރާތުގެ ނަން ( ވިއްކާ ކޮމްޕެނީ/ފަރާތުގެ ނަމާއިއެޑްރެސް، ގުޅޭނެ ފޯން ނަންބަރ، އީމެއިލް އެޑްރެސް،ފެކްސް ނަންބަރ )
2- ތަކެތީގެ ސްޕެސިފިކޭޝަން.
3- ތަކެތީގެ ކުލަ ފޮޓޯ.
4- ތަކެތީގެ އަގު (ދިވެހި ރުފިޔާއިން).
5- ތަކެތި ފޯރުކޮށްދޭނެ މުއްދަތު.
6- ތަކެތީގެ ވޮރެންޓީ ޕީރިއަޑުގެ މުއްދަތު.
7- މަސައްކަތުގެ ތަޖުރިބާ ބަޔާންކުރުން.
8- (ނޯޓް) މަސައްކަތުގެ ތަޖުރިބާ މިންކުރެވޭނީ އެކަން ކަށަވަރު ކޮށްދިނުމަށް ހުށަހަޅާ، (ކަމާއި ގުޅޭ ދާއިރާއަކުން މަސައްކަތެއްކޮށް ނިންމައި އެމަސައްކަތް ބަލައިގަނެ އެމަސައްކަތެއް ހަވާލުކުރި އިދާރާއަކުން ދީފައިވާ)، ލިޔެކިއުންތަކުގެ ނިސްބަތުންނެވެ.
9- މި ދެންނެވި މަޢުލޫމާތު ހިމެނޭގޮތަށް ވިއްކާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ބިޑް ހުށަހެޅުއްވުން.
މި އިދާރާއިން ބަލާނެ ކަންތައްތައް:
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްގެން ގަވާއިދުން ހިންގާ ކަމާއި ގުޅޭ ދާއިރާގެ ވިޔަފާރި ކުރާ ފަރާތެއްތޯ
- ހުށަހެޅުން 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެކަން
މާކްސް ދެވޭގޮތުގެ ތަފްސީލު:
- ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީއިން ބިޑް އިވެލުއޭޓްކުރުމަށް ފަހު، ބިޑް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެކަން އަންގައިދެވޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ބިޑް ކަނޑާތާ 05 ދުވަހުގެ ތެރޭގައި، މި ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކްރައިޓީރިއާ |
(Benchmark Price / Submitted Price) x Allocated Percentage |
|
%70 |
އަގު |
( Submitted years of experience / Benchmark years ) x Allocated Percentage |
|
10% |
ތަޖުރިބާ |
(Benchmark Delivery Period / Submitted Delivery Period) x Allocated Percentage |
|
10% |
މަސައްކަތް ނިންމާ މުއްދަތު |
(Submitted Warranty Period / Submitted Benchmark WarrantyPeriod) x Allocated Percentage
|
|
10% |
ވޮރަންޓީ މުއްދަތު |
ބިޑް ހުށަހެޅުމާއި ބަލައިގަތުން:
އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ އޮންލައިންކޮށް ކަމަށް ދަންނަވަމެވެ. އެހެންކަމުން އޮންލައިންކޮށް ބިޑް ހުށަހެޅުމުގެ ސެޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 12 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ ނަންބަރު 7330026 ހޮޓްލައިން އަށް، އެކަން ބަޔާންކޮށް އެފަރާތުގެ ނަމާއި މަޢުލޫމާތު މިއިދާރާގެ [email protected] މެއިލް ކޮށްދެއްވުން އެދެމެވެ. އަދި އެގަޑިއަށް ކައުންސިލް އިދާރާއަށް ހާޒިރުވެ ބިޑް ހުށަހެޅުމަށް ބޭނުންވާ ފަރާތަކަށްވެސް އެމީޓިންގައި ބައިވެރި ވުމުގެ ފުރުޞަތު ދެވޭނެއެވެ. އެފަދަ ފަރާތްތަކުންވެސް ބިޑް ހުށަހަޅާ މީޓިންގައި ބައިވެރިވުމަށް އެދި އިސްވެ ދެންނެވުނު ގޮތަށް ސިޓީހުށަހަޅަން ޖެހޭނެކަމުގައި ދެންނެވީމެވެ.
މި ކަމާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ކުރުމަށް ޙަވާލު ކުރެވޭނީ މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަށެވެ.
- ހުށަހަޅުއްވާ ބިޑް ހުށަހަޅަންވާނީ މިކަމަށް 20 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހު 13:00 ގައި ބައްވާ އޮންލައިން މީޓިން ކުރިޔަށް ދާއިރު އެވަގުތު މިއިދާރާއިން ބިޑްތައް ހުށަހެޅުމަށް އަންގާ ގޮތެއްގެ މަތިންނެވެ.
- ބިޑްތައް ލިބުމުން ބިޑްތައް ޗެކްކުރުން އޮންނާނީ އޮންލައިން މިމީޓިންގައި ބައިވެރިވާ ފަރާތްތަކުގެ އެއްހާޒިރުގައެވެ.
- އަދި ބިޑްތައް ބަލައިގަތްކަމުގެ ލިޔުން މިބައްދަލުވުމުގައި ބިޑްހުށަހަޅާފަރާތްތަކުގެ މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.
- މި މަސައްކަތް ޙަވާލު ކުރެވޭނީ ބިޑް އިވެލުއޭޝަނުން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ.
- މި މަސައްކަތް ކުރުމަށް ހަވާލުކުރެވޭނީ ބިޑް ކާމިޔާބުކުރާ ފަރާތާއި މިކައުންސިލާއި ދެމެދު ކުރެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.