ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި އިންސްޓިޓިއުޓުން ލިޔެ ތައްޔާރުކޮށްފައިވާ ކީ ސްޓޭޖް 2 (ގްރޭޑް 6،5،4) ގެ ދިވެހި މާއްދާގެ މުޤައްރަރުގެ މަޤްޞަދުތައް ޙާޞިލްވާގޮތަށް މި މާއްދާގެ ދަރިވަރުންގެ ފޮތްތަކާއި މުދައްރިސުންގެ ފޮތްތައް އިސްލާޙު ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު:(IUL) 451-FP/1/2021/14 އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ. ބީލަމާއިބެހޭ އިތުރު މައުލޫމާތު ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- މަޢުލޫމާތު ސާފުކުރުން އޮންނާނީ 2021 ސެޕްޓެންބަރު 12 ވަނަ ދުވަހު 11:30ގައި ސްޓާރކްލައުޑް ބިލްޑިންގ( މ. ޗަނބޭލީވިލާ) ހަތްވަނަ ފަންގިފިލާގައެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 ސެޕްޓެންބަރު 19 ވަނަ ދުވަހު 11:30ގައި ސްޓާރކްލައުޑް ބިލްޑިންގ( މ. ޗަނބޭލީވިލާ) ހަތްވަނަ ފަންގިފިލާގައެވެ.
- މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޕްރޮކިއުމަންޓް ސެކްޝަން
- ސްޓާރ ކްލައުޑްސް ބިލްޑިންގ (މ.ޗަނބޭލީވިލާ) 05ވަނަ ފަންގިފިލާ
- މަޖީދީމަގު، މާލެ، ދިވެހިރާއްޖެ
- ފޯން: 3023511 /3023543
- އީ-މެއިލް:[email protected]
- ކޮޕީ އީ-މެއިލް: [email protected]
- މި މަސައްކަތާއި ގުޅޭ ބީލަން ފޮތް އަދި އިތުރު ލިޔުންތައް އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
އަދި ދަންނަވަމެވެ. މިޕްރޮޖެކްޓުގައި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3023511 /3023543ނަމްބަރު ފޯނަށެވެ.