ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މި އިންސްޓިޓިއުޓުން ލިޔެ ތައްޔާރުކޮށްފައިވާ ކީ ސްޓޭޖް 2 (ގްރޭޑް 6،5،4) ގެ އިސްލާމް މާއްދާގެ މުޤައްރަރުގެ މަޤްޞަދުތައް ޙާޞިލްވާގޮތަށް މި މާއްދާގެ ދަރިވަރުންގެ ފޮތްތަކާއި މުދައްރިސުންގެ ފޮތްތައް އިސްލާޙު ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މި އިންސްޓިޓިއުޓުން  ލިޔެ ތައްޔާރުކޮށްފައިވާ ކީ ސްޓޭޖް 2 (ގްރޭޑް 6،5،4) ގެ އިސްލާމް މާއްދާގެ މުޤައްރަރުގެ މަޤްޞަދުތައް ޙާޞިލްވާގޮތަށް މި މާއްދާގެ ދަރިވަރުންގެ ފޮތްތަކާއި މުދައްރިސުންގެ ފޮތްތައް އިސްލާޙު ކުރުމުގެ މަސައްކަތް  ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު:(IUL) 451-FP/1/2021/15    އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.  ބީލަމާއިބެހޭ އިތުރު މައުލޫމާތު ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.  

  

  • މަޢުލޫމާތު ސާފުކުރުން އޮންނާނީ 2021 ސެޕްޓެންބަރު 12 ވަނަ ދުވަހު 11:00ގައި ސްޓާރކްލައުޑް ބިލްޑިންގ( މ. ޗަނބޭލީވިލާ) ހަތްވަނަ ފަންގިފިލާގައެވެ.
  • ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 ސެޕްޓެންބަރު 19 ވަނަ ދުވަހު 11:00ގައި ސްޓާރކްލައުޑް ބިލްޑިންގ( މ. ޗަނބޭލީވިލާ) ހަތްވަނަ ފަންގިފިލާގައެވެ.
  • މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޕްރޮކިއުމަންޓް ސެކްޝަން
  • ސްޓާރ ކްލައުޑްސް ބިލްޑިންގ (މ.ޗަނބޭލީވިލާ) 05ވަނަ ފަންގިފިލާ
  • މަޖީދީމަގު، މާލެ، ދިވެހިރާއްޖެ
  • ފޯން: 3023511 /3023543
  • އީ-މެއިލް:[email protected]
  • ކޮޕީ އީ-މެއިލް:  [email protected]
  • މި މަސައްކަތާއި ގުޅޭ ބީލަން ފޮތް އަދި އިތުރު ލިޔުންތައް އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

 

 

 

            އަދި ދަންނަވަމެވެ. މިޕްރޮޖެކްޓުގައި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3023511 /3023543ނަމްބަރު ފޯނަށެވެ.

06 ސެޕްޓެންބަރު 2021
ހޯދާ