މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މިއޮފީހަށް ހަނދާނީ ފިލާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއޮފީހަށް ހަނދާނީ ފިލާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/2021/52 (02 އޮގަސްޓު 2021) އިޢުލާނަށް ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް، މިއޮފީހުން ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާފައި ނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިއިޢުލާނާއި އެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން މިތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 14 ސެޕްޓެންބަރު 2021 ވާ އަންގާރަ ދުވަހުގެ 13:00 ށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113  ފޯނަށް ގުޅުއްވުން އެދެމެވެ.

06 ސެޕްޓެންބަރު 2021
ހޯދާ