ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
އެޑްމިޝަން 2021

 

 

އިޢުލާން

 

 

2021 ވަނަ އަހަރު ސީ.އެޗް.އެސް.އީ އަށް ކުދިން ވެއްދުމަށް ތިރީގައިވާ ކޮމްބިނޭޝަންތަކަށް 90 ޖާގައަށް ފުރުޞަތު ހުޅުވާލަމެވެ. އަދި ދަރިވަރުން ވެއްދޭނީ ތިރީގައިވާ ޝަރުތު ތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

     ކޮމްބިނޭޝަންތައް:

  1. ބަޔޮލޮޖީ ، ކެމިސްޓްރީ ، ފިޒިކްސް ، ދިވެހި ، އިސްލާމް
  2. އެކައުންޓިންގ ، ބިޒްނަސް ސްޓަޑީޒް ، އިކޮނޮމިކްސް ، ދިވެހި، އިސްލާމް

 

 

1- 1 މެއި 2020 ގެފަހުން ބައިވެރިވެފައިވާ އެސް.އެސް.ސީ އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުން ޖުމްލަ 5 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. މީގެތެރޭގައި ދިވެހި ބަސް ނުވަތަ އިސްލާމިކް ސްޓަޑީޒް އާއެކު ކޮންމެވެސް 1 ސްޓްރީމެއްގެ މަދުވެގެން 2 މާއްދާ އިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

⮚     މިގޮތުން ކޮމާރސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ އެކައުންޓިންގް، ކޮމާރސް، ބިޒްނަސް ސްޓަޑީޒް، އިކޮނޮމިކްސް، އަދި މެތަމެޓިކްސް.

⮚     ސައިންސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް، އަދި މެތަމެޓިކްސް.

⮚     އާރޓްސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ ހިސްޓްރީ އާއި ޖޯގްރަފީ. އާރޓްސް ސްޓްރީމްގައި ފާސްވެފައިވަނީ ހިސްޓްރީއާއި ޖޯގްރަފީގެ ތެރެއިން 1 މާއްދާއިންނަމަ، 2 ވަނަ މާއްދާއެއްގެ ގޮތުގައި އިންގްލިޝް ލޭންގްއޭޖް، އިންގްލިޝް ލިޓްރެޗަރ، އިކޮނޮމިކްސް ނުވަތަ މެތަމެޓިކްސް، މިއިން ކޮންމެވެސް 1 މާއްދާއެއް ބެލެވިދާނެއެވެ.

⮚     ސައިންސް ސްޓްރީމް ހަދާފައިވާ ދަރިވަރަކަށް، އާރޓްސް ނުވަތަ ކޮމާރސް ސްޓްރީމް އޭލެވެލް ހެދުމުގެ ފުރުސަތު، އެދަރިވަރަކު ހަދާފައިވާ މާއްދާތަކަށް ބަލާފައި ދެވިދާނެއެވެ. އިތުރު މައުލޫމާތު އެޕްލިކޭޝަން ފޯމާއިއެކު ދޫކުރާ އިންފޯމޭޝަން ޝީޓްގައި ލިބެން ހުންނާނެއެވެ.

 

2- އަޚްލާޤް ރަނގަޅު ކުއްޖެއް ކަމުގައިވުން. ކުދީން ވެއްދުމުގައި ބަލާނީ  ސްކޫލް ލީވިންގ ސެޓްފިކެޓްގައިވާ ދަރިވަރުގެ އަޚްލާގާ ބެހޭ ބައިގައިވާ މަޢުލޫމަތަށާއި، މިސެންޓަރުން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ހޯދޭ އަޚްލާޤީ ރިޕޯޓުތަކުގެ މައްޗަށެވެ.

2021 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 1 އަށް 18 އަހަރު ފުރިފައިނުވުން.

 

3- ކައިވެންޏެއް ކޮށްފައިނުވުން.

 

4- މީގެ ކުރިން މަތީ ޘާނަވީއަށް ކިޔަވައިދޭ ސަރުކާރު ސްކޫލެއް ނުވަތަ ސެންޓަރެއްގައި ގްރޭޑް 11 ނުވަތަ 12 ގައި ކިޔެވުމުގެ ފުރުޞަތު ދެވިފައިވާ ކުއްޖެއް ކަމުގައި ނުވުން.

 

މިހާރު ހުޅުވާލެވިފައި މިވާ ފުރުސަތު ތަކަށް ފޯރމް ދޫކުރާނީ 06 ސެޕްޓެމްބަރ 2021 އިން ފެށިގެން  ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8.30 ން 13.00 މިސެންޓަރުގެ ރިސެޕްޝަންއިންނެވެ.

 

 

ފޯރމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1)      ޖީ.ސީ.އީ، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ ނަތީޖާގެ ކޮޕީ.

2)      ސްކޫލް ލީވިންގް ސެޓްފިކެޓްގެ ކޮޕީ.

3)      ނޭޝަނަލް އައިޑީ ކާޑުގެ ކޮޕީ.

 

އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރުމަށްފަހު މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 09 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ގެ 13:00 ގެ ނިޔަލަށެވެ.

 

 

29    މުޙައްރަމް   1443

06   ސެޕްޓެމްބަރ   2021 

06 ސެޕްޓެންބަރު 2021
ހޯދާ