ދިވެހިރާއްޖެ
އިޢުލާން
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކަނޑައެޅުމާ ގުޅޭ ގަވާއިދު ނަންބަރު (2021/R-54) އަށް ކަމާގުޅުންހުރި ފަރާތްތައް އަހުލުވެލިކުރުމަށް ހިންގޭ ޕްރޮގްރާމަށް ކޮންސަލްޓެންޓެއް ހޯދުން
"ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލުމާއި، އެ ދަފްތަރު ބެލެހެއްޓުމުގެ ޤަވާއިދު" (2021/R-54) އަށް ކަމާގުޅުންހުރި ފަރާތްތައް އަހުލުވެރި ކުރުމަށް ހިންގޭ ޕްރޮގްރާމްގެ މަސައްކަތް ވިލަރެސްކޮށް ކުރިއަށްގެންދިއުމަށް ކޮންސަލްޓެންޓެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ކޮންސަލްޓަންޓުގެ ކިބައިގައި ހުންނަންޖެހޭ ތައުލީމާއި ތަޖުރިބާ، މަސައްކަތުގެ މުއްދަތާއި އަދި އުޖޫރަ، މި އިޢުލާނާއި އެކު ވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) ގައި ބަޔާންކުރެވިފައިވާނެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކުރާ އެންމެހާ ލިޔެކިޔުންތަކާއިއެކު 16 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު) އަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ލިޔެކިޔުންތައް [email protected]އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.
ކޮންސަލްޓެންޓުން ހޮވުމުގައި ބަލާނެ ކަންތައްތައް
ތައުލީމީ ފެންވަރު އަދި ތަޖުރިބާ - %60
ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއި ކުރެވޭ އިންޓަވިއު - %40
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.