މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިމެނޭޖުކުރުމަށް މަސައްކަތު 02 މުވައްޒަފުން ހޯދުމަށް

 (IUL)321/321/2021/133 :ނަންބަރު                 
އިޢުލާން

މި ކައުންސިލުން ކުރިޔަށްގެންދާ ކުނިމެނޭޖްކުރުމުގެ ޕްރޮގްރާމްގައި ވަގުތީގޮތުން މަސައްކަތްކުރާނެ މުވައްޒަފުން ހޯދުމަށް މި އިދާރާއިން ކުރި އިޢުލާން ނަންބަރު: (IUL)321/321/2021/121 ށް އެކަށީގެންވާ މިންވަރަށް މީހުން ކުރިމަތިލާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން މުވައްޒަފުން ހޯދުމަށް އިޢުލާން ކުރަމެވެ.

  • މަޤާމް: މަސައްކަތު (ފިރިހެން) ވަގުތީ
  • އަދަދު: 02 (ދޭއް)
  • މަޤާމްގެ ޝަރުޠު: ލިޔަންކިޔަން ދަތުން (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަން ބަޔާންކޮށް، ސަރުކާރުގެ ރަސްމީ އިދާރާއަކުން ދޫކުރާ ލިއުމަށް ބަލައިގެންނެވެ.)
  • މަސައްކަތްކުރަންޖެހޭ ގަޑި: ދުވާލަކު  08 ގަޑިއިރު (ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ކޮންމެ ދުވަހަކު، ހެނދުނު 8:00 ން ހަވީރު 4:00 ށް. އަދި ހުކުރު ދުވަހު ހެނދުނު 08:00 ން 10:00 ށް)
  • އުޖޫރަ: މަސައްކަތްކުރައްވާ ކޮންމެ ގަޑިއިރަކަށް 35.00 (ތިރީސް ފަސްރުފިޔާ)
  • އިނާޔަތް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު އެޓެންޑެންސް އެލަވަންސްގެ ގޮތުގައި 40.00 (ސާޅިސް) ރުފިޔާ
  • މުއްދަތު: އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 02 މަސްދުވަސް
  • ކުރަންޖެހޭ މަސައްކަތް: މިރަށުގެ ގޭބިސީތަކުގައި އުފެދޭ ފަނާވާ، އަދި ފަނާނުވާ ޒާތުގެ ކުނި ވަކިވަކިން ނަގައިގެން ކުނިކޮށްޓަށް ގެންދިއުމާއި ރައްކާތެރިގޮތުގައި ނައްތާލުން
  • ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ސީ.ވީ އަދި އައި.ޑީކާޑު ނުވަތަ ޑްރައިވިންގެ ލައިސަންސް ނުވަތަ ޕާސްޕޯޓްގެ ކޮޕީ
  • ސުންގަޑި: 2021 ސެޕްޓެމްބަރ 09 ވާ ބުރާސްފަތި ދުވަހުގެ 14:00

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު: 6600006 ފޯނާ ގުޅުއްވުން އެދެމެވެ. އަދި ނުރަސްމީގަޑީގައި ނަމަ، 9951536 ނުވަތަ 7709965 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. އީމެލް ކުރައްވާނަމަ، މެއިލް ކުރައްވާނީ t[email protected] އަށެވެ.

28 މުޙައްރަމް 1443

05 ސެޕްޓެންބަރު 2021
ހޯދާ