މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމީން އެވެނިއު މެޕްލް ބިލްޑިންގގެ ފަސްޓް ފްލޯގައި މި އިދާރާގެ އޮފީހެއް ހެދުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2021/195 (1 ސެޕްޓެމްބަރ 2021) އިއުލާން ބާތިލްކޮށް އަލުން އިއުލާންކުރުން

އަމީން އެވެނިއު މެޕްލް ބިލްޑިންގގެ ފަސްޓް ފްލޯގައި މި އިދާރާގެ އޮފީހެއް ހެދުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2021/195(1 ސެޕްޓެމްބަރ 2021) އިއުލާން ބާތިލްކޮށް އަލުން އިއުލާންކުރުން

އަމީން އެވެނިއު މެޕްލް ބިލްޑިންގގެ ފަސްޓް ފްލޯގައި ، މި ކައުންސިލުން ދޭ ނަމޫނާ އާއި އެއްގޮތައް މި އިދާރާގެ އޮފީހެއް ހެދުމަށް ބޭނުން ފަރާތްތަކަށް އެކަމަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާއި އެއްގޮތަށް ވަޑައިގެން ދެއްވުން އެދެމެވެ. މިމަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް އަދި ކުރެހުން އެޓޭޗްމަންޓްގައި ގެޒެޓްކުރެވިފައިވާނެއެވެ.

 

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

14 ސެޕްޓެމްބަރ 2021

10:00

 ބޮޑުތަކުރުފާނު މަގު، މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށި

 

އަގު ހުށަހެޅުން

23 ސެޕްޓެމްބަރ 2021

10:00

ބޮޑުތަކުރުފާނު މަގު، މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށި

 

މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ޖެހޭނެއެވެ.

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
  • އިތުރު މަޢުލޫމާތު: 

-   މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ/4 ވަނަ ފަންގިފިލާ)  އަމީނީމަގު، ފޯން: 3323901   / އީމެއިލް: [email protected]

 

28 މުޙައްރަމް 1443

05 ސެޕްޓެންބަރު 2021
ހޯދާ