އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫގައި ފިޔަވަޅުތައް އެޅުމާއި ގުޅޭ
ކޮވިޑް 19 އާ ގުޅިގެން އައްޑޫގެ މިހާރުގެ ހާލަތަށް ބަލައި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 23-L/426/2021/19 (20 ސެޕްޓެމްބަރު 2021) ސިޓީން އަންނަނިވި ފިޔަވަޅުތަކާއި އެކު އައްޑޫސިޓީ ހުޅުދޫ އަދި މީދޫ ވަނީ މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ.
- އާއްމު އެއްވުންތަކާއި ޕާޓީތައް ބޭއްވުން މެދުކަނޑާލުން.
- ހުޅުދޫ އަދި މީދޫ ސްކޫލްތަކުގެ ގްރޭޑް 9 އަކުން ދަށުގެ ކްލާސްތައް ކުދިން ހާޒިރުކޮށްގެން ކިޔަވާދިނުން މެދުކަނޑާލުން. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންގަވާ ގޮތެއްގެމަތިން ގްރޭޑް 9 އަކުން މަތީގެ ގްރޭޑްތަކުގެ ކިޔެވުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކުރިއަށް ގެންދިއުމާއި، ކުދިން އެއްކޮށްގެން ސްކޫލްގައާއި ސްކޫލުން ބޭރުގައި ހިންގާ ހަރަކާތްތައް މެދުކަނޑާލުން.
- އައްޑޫގެ ހުރިާ އަވަށްތަކެއްގައި ޤުރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް މެދުކަނޑާލުމާއި އެކު ސްކޫލް ކުދިން ބައިވެރިކޮށްގެން ހިންގާ އެންމެހާ ހަރަކާތްތައް ހުއްޓާލުން.
- 2021 ސެޕްޓެމްބަރު 4 ވަނަ ދުވަހުން ފެށިގެން، ކޮންމެ ދުވަހަކު 21:00 އިން ފަތިހު 04:00 ގެ ނިޔަލަށް، ކާފިއު ވަގުތު ކަމުގައި ހަމަޖައްސައި، މިވަގުތު ތަކުގައި ބޭރަށް ނިކުތުން މަނާވުން. އަދި ކޮންމެހެން ބޭރަށް ދާންޖެހޭނަމަ އެއަވަށެއްގެ އެސް.އެސް.ޑީގެ ހުއްދައާއެކު ބޭރަށްދިއުން.
- ގާޑިޔާ، ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން 21:00 ގެ ނިޔަލަށް ހުޅުވައިގެން ޚިދުމަތް ދިނުމާއި، އަދި 00:00 އާ ހަމައަށް ދެންނެވުނު ތަންތަނުން ޑެލިވަރީގެ ޚިދުމަތް ދިނުން.
- ފިހާރަތަކުން 21:00 ގެ ނިޔަލަށް ހުޅުވައިގެން ހިދުމަތްދިނުމާއި، އަދި 22:00 ގެ ނިޔަލަށް ޑެލިވަރީގެ ޚިދުމަތްދިނުން.
މީގެ އިތުރުން، 2021 ސެޕްޓެމްބަރު 4 ވަނަ ދުވަހުން ފެށިގެން ހުޅުދޫ އަދި މީދޫ އިން ފުރާ އެންމެންގެ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާއަކާއެކު ފުރުމުގެ ހުއްދަ ދިނުމާއި ޒަރޫރީ ބޭނުމަށް ދަތުރުކުރާ އެންމެހައި ފަރާތްތައް އެޅިފައިވާ އެންމެހައި ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދަންނަވާފައި ވެއެވެ. މޮނިޓަރިންގ ހާލަތުގައި އާއްޑުއިން ދަތުރުކުރެވޭނީ އައްޑޫ އީ،އޯ.ސީގެ ހުއްދަ ލިބިގެން ކަމުގައި ވެސް ދެންނެވީމެވެ.
މި އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ މި އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް ދަންނަވަމެވެ.
04 ސެޕްޓެންބަރު 2021
ހޯދާ
