އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ވިޒިޓިންގ ޑޮކްޓަރުންގެ (ސްޕެޝަލިސްޓްސް އަދި ސަބްސްޕެޝަލިސްޓްސް) ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު

މަޤާމް :ވިޒިޓިންގ ޑޮކްޓަރސް (ސްޕެޝަލިސްޓްސް އަދި ސަބްސްޕެޝަލިސްޓްސް)

މުއްދަތު: 2 އަހަރު

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ހާއްސަބަލިތަކަށް ފަރުވާދެއްވުމަށް ސްޕެޝަލިސްޓް  އަދި ސަބްސްޕެޝަލިސްޓް ޑޮކްޓަރުންގެ  ގޮތުގައި ހަރަކާތްތެރިވާނެ "ވިޒިޓިންގ ޑޮކްޓަރުން" ނުވަތަ ކަނޑައެޅޭ ވަކި ދުވަސްތަކެއްގައި ހޮސްޕިޓަލަށް ޒިޔާރަށްކޮށް ބަލިމީހުން ބެލުމުގެ ޚިދުމަތް ދެވޭނެ ޑޮކްޓަރުންގެ ގެ ޕޫލެއް އެކުލަވާލުމަށްޓަކައި،  މި ފަދައިން ހޮސްޕިޓަލަށް ޒިޔާރަށްކޮށް ޚިދުމަތް ދިނުމަށް ޝައުޤުވެރިކަން ހުރި، ތިރީގައި ދެންނެވިފައިވާ ސްޕެޝިއަލިޓީ އަދި ސަބްސްޕެޝިއަލިޓީ ތަކުގެ ޑޮކްޓަރުން ބޭނުންވެއެވެ. 

 

ސްޕެޝަލިސްޓްސް

1

ކޮންސަލްޓެންޓް އިން އިންޓަރނަލް މެޑިސިން

2

ކޮންސަލްޓެންޓް އިން އޯތޮޕީޑިކްސް

3

ކޮންސަލްޓެންޓް އިން ޖެނެރަލް ސަރޖަރީ

4

ކޮންސަލްޓެންޓް އިން އީއެންޓީ

5

ކޮންސަލްޓެންޓް އިން ރޭޑިއޮލޮޖީ

6

ކޮންސަލްޓެންޓް އިން ގައިނޮކޮލޮޖީ

7

ކޮންސަލްޓެންޓް އިން އޮފްތަލްމޮލޮޖީ

ސަބް ސްޕެޝަލިސްޓްސް

8

ކޮންސަލްޓެންޓް އިން ރެސްޕިރޭޓަރީ މެޑިސިން

9

ކޮންސަލްޓެންޓް އިން ކަރޑިއޮލޮޖީ

10

ކޮންސަލްޓެންޓް އިން ނެފްރޮލޮޖީ

11

ކޮންސަލްޓެންޓް އިން ނިއުރޮލޮޖީ

12

ކޮންސަލްޓެންޓް އިން ނިއުރޯ ސަރޖަރީ

13

ކޮންސަލްޓެންޓް އިން ޔޫރޮލޮޖީ

14

އޯތޮޑޮންޓިސްޓް

 

މި ޕޫލްގައި ބައިވެރިވުމަށްއެދި ހުށަހަޅާ ޑޮކްޓަރުންތެރެއިން ޝަރުތު ފުރިހަމަވާ ޑޮކްޓަރުން، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ 'ވިޒި ޓިންގ  ޑޮކްޓަރުން' ގެ ގޮތުގައި ރަޖިސްޓްރީކުރެވޭނެއެވެ. ނަމަވެސް، ޑޮކްޓަރުންގެ ޒިޔާރަތްތައް ޝެޑިއުލްކޮށް ހަމަޖައްސަމުންގެންދާނީ، ބަލިމީހުން ގިނައިން ވެއިޓްލިސްޓް ކުރެވިފައިވާ، އަދި ހޮސްޕިޓަލަށް އެވަގުތު އެންމެ ބޭނުންވާ ސްޕެޝަލިޓީތަކުގެ މައްޗަށް ބިނާކޮށެވެ. އެއުސޫލުން ރަޖިސްޓްރީ ކުރެވޭ ޑޮކްޓަރުން ތެރެއިން، އެ ދާއިރާއަކަށް ޑިމާންޑް އޮންނަ މިންވަރަކުން ޑޮކްޓަރުންނަށް ފުރުސަތު އެރުވިގެންދާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ޝައުގުވެރިކަންފާޅުކޮށް ހުށަހަޅާ ސިޓީ (މި ސިޓީގައި ހުންޖެހޭނެ މައުލޫމާތު ހިމެނޭނެހެން ތައްޔާރުކުރެވިފައިވާ ޑްރާފްޓެއް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކައުންޓަރުން އަދި އީމެއިލް މެދުވެރިކޮށްވެސް ލިބެން ހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީއެއް.
  4. އެމްބީބީއެސް ނުވަތަ އެއާ އެއްފެންވަރުގެ މެޑިކަލް ޑިގްރީ ސެޓްފިކެޓް އަދި އިންޓަރންޝިޕް ނިންމި ކަމުގެ ލިޔުން
  5. އެމް.ޑީ/ އެމް.އެސް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީ  ސެޓްފިކެޓްގެ ކޮޕީ
  6. ޑީ.އެމް/ އެމް.ސީ.އެޗް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީ  ސެޓްފިކެޓްގެ ކޮޕީ
  7. . މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސެންސްގެ ކޮޕީ

ވީމާ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ވިޒިޓިންގ ޑޮކްޓަރެއްގެ ގޮތުގައި ކަނޑައެޅޭ ދުވަސްތަކެއްގައި ޒިޔާރަށްކޮށް ފަރުވާދެއްވުމަށް ޝައުގުވެރިވެލައްވާ ޑޮކްޓަރުން 2021 ސެޕްޓެންބަރު 09 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ  ކުރިން ދެންނެވިފައިވާ ލިޔުންތައް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ހުށަހެޅުމަށް ދަންނަވަމެވެ. ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅުއްވައިފިނަމަ، އެ ކަނޑައަޅުއްވާ ދުވަހުގެ އަދަދަށް ލިޔެކިޔުންތައް ބަލައިގަތުން އިތުރުކުރެވޭނެއެވެ.
  • މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6885045 ނަންބަރު ފޯނާއެވެ.
02 ސެޕްޓެންބަރު 2021
ހޯދާ