ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގެ އެއްވަނަ ފަންގިފިލާއަށް ބޭނުންވާ ފަރުނީޗަރު ތައްޔާރުކުރުމުގެ މަސައްކަތް ހޮސްޕިޓަލުންދޭ ކުރެހުމާއި މައުލޫމާތާއި އެއްގޮތަށް ކޮށްދޭނެފަރާތެއް ހޯދުން
ނަންބަރު: TENDER/HMH/2021/025
ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގެ އެއްވަނަ ފަންގިފިލާއަށް ބޭނުންވާ ފަރުނީޗަރު ތައްޔާރުކުރުމުގެ މަސައްކަތް ހޮސްޕިޓަލުންދޭ ކުރެހުމާއި މައުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މައުލޫމާތުދިނުންރެޖިސްޓްރޭޝަން: |
ބިޑުގައި ބައިވެރިވާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ބޭއްވޭ ޕްރީބިޑް ބައްދަލުވުން 8ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 10:00ގައި ހޮސްޕިޓަލުގެ މީޓިންގް ރޫމުގައި އޮންނާނެއެވެ. ޕްރީބިޑް ބައްދަލުވުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.
|
އަންދާސީ ހިސާބު ހުށަހެޅުން: |
15 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ. |
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 14 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:
ފޯން: 3350111 / 3350113
އީ-މެއިލް: [email protected]
02 ސެޕްޓެމްބަރ 2021
ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް