މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިންޓަރންޝިޕްގެ ފުރުސަތު

 

އިންޓަރންޝިޕް ފުރުސަތު

ބޭނުންވާ އަދަދު:

10

ބޭނުންވާ މުއްދަތު

06 މަސް ދުވަސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ / ކ.މާލެ

 

އިންޓަރންޝިޕްގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޯލް ސެންޓަރަށް އަންނަ ކޯލްތަކަށް ކަސްޓަމަރުން ކުރާ ސުވާލުތަކަށް ޖަވާބުދީ އެ ސުވާލުތަކުން ކުރިމަތިކުރުވާ ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި އެހީތެރިވުން.
  2. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ވެބްސައިޓުގައި ހިމެނޭ އީ ޕޯރޓަލްގެ އެޕްލިކޭޝަން ތަކާއި ގުޅޭ އެކިއެކި މަސައްކަތްތައް ކުރުން.
  3. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ވައިބަރ ގްރޫޕުގައި ލިބިގެންދާ މެސެޖުތަކަށް އެޓެންޑް ކުރުން.
  4. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހެޅިގެންދާ އެކި އެޕްލިކޭޝަންތަކާއި ގުޅިގެން ކުރަންޖެހޭ ވީޑިއޯ ވެރިފިކޭޝަންތަކާއި ގުޅުންހުރި މަސައްކަތްތައް ކުރުން.
  5. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހެޅިގެންދާ އެކި ޑްރައިވިންގ އެޕްލިކޭޝަން ފޯމު ތަކާއި ގުޅުންހުރި  މަސައްކަތްތައް ކުރުމާއި ކަސްޓަމަރުންގެ މައުލޫމާތުތއް ކަމާއި ގުޅުންހުރި ޑާޓާތައް އެޅުން.
  6. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހެޅޭ އެޕްލިކޭޝަނާއި ގުޅިގެން ޑޮކިއުމަންޓްތައް ސްކޭން ކުރުމާއި، ޕްރިންޓްކުރުމާއި އަދި މިނޫނަސް އެކިއެކި ޑޮކިއުމަންޓްތައް ބެލެހެއްޓުމާއި އެޑޮކިއުމަންޓްތަކާއި ގުޅުންހުރި މަސައްކަތްކުރުން.
  7. ފައިލްތަކުގައި ހުރި އެންމެހައި މައުލޫމާތުތައް ރައްކައުތެރިކަމާއި ގުޅުންހުރި މަސައްކަތްކުރުން.
  8. އިދާރީ އަދި އިންސާނީ ވަޞީލަތާއި ގުޅުންހުރި ކަންކަމުގައި އިދާރީގޮތުން ބޭނުންވާ އެހީތެރިކަމާއި ގުޅުންހުރި ކަންކަން ކުރުން.
  9. މިނޫނަސް އިދާރީގޮތުން ހަވާލުކުރެވޭ އެހެނިހެން ކަންކަން ކަމުގައި އެހީތެރިވުން.

 

ޝަރުޠުތައް:

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް'  ނުވަތަ ' ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

އިންޓަރންޝިޕަށް އެދެންވީގޮތާއި ސުންގަޑި:

ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ސެޕްޓެމްބަރު 2021 ގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މިއޮތޯރިޓީގެ އީ-މެއިލް [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3343404 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

01 ސެޕްޓެންބަރު 2021
ހޯދާ