މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަތުރުކުރުމުގެ ހުއްދަ ދޫކުރާ ގަޑިތައް ޢާންމުކުރުން

ރަށުން ކޮވިޑް-19 ގެ ކޭސްތަކެއް ފެނި، ރަށް މޮނިޓަރިންގެ ޙާލަތަށް ގެނެވުމާއި ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒަރޫރީ ބޭނުންތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް ދަތުރު ކުރުމުގެ ހުއްދަ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދަތުރު ހުއްދަ ދޫކުރާނީ ތިރީގައިމިވާ ގަޑިތަކުގައި ކައުންސިލް އިދާރާއިންނެވެ.

ރަސްމީ ދުވަސްތަކުގައި:

ބަންދު ދުވަސްތަކުގައި:

ހެނދުނު 8:30 ން މެންދުރުފަހު 14:00 އަށް

ރޭގަނޑު 19:00 ން 20:30 އަށް

ރޭގަނޑު 19:00 ން 20:30 އަށް

 

 

އެހެންކަމުން، މީހުން ދިރިއުޅޭ ރަށްރަށަށް ޒަރޫރީ ބޭނުންތަކުގައި ދަތުރުކުރަންޖެހޭ ފަރާތްތަކުން ދަތުރު ހުއްދަ ނަންގަވައިގެން ދަތުރު ފެށުމަށް ދަންނަވަމެވެ. ދަތުރު ކުރުމުގެ ހުއްދައާއި ގުޅުންހުރި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ހޮޓްލައިން 7580025 އާއި ގުޅުއްވުން އެދެމެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

1 ސެޕްޓެންބަރު 2021

01 ސެޕްޓެންބަރު 2021
ހޯދާ