ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ މަސައްކަތު ތާވަލް ހުށަހެޅުއްވި ރަށު ކައުންސިލްތަކުގެ މަޢުލޫމާތު ޢާންމުކުރުމާ ބެހޭ

ނޫސް ބަޔާން

 

 

2022 ވަނަ އަހަރުގެ މަސައްކަތު ތާވަލް ހުށަހެޅުއްވި ރަށު ކައުންސިލްތަކުގެ މަޢުލޫމާތު ޢާންމުކުރުމާ ބެހޭ

 

ޤާނޫނު ނަމްބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 105ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ނިޔަލަށް، ޖެހިގެން  އޮންނަ އަހަރުގެ މަސައްކަތު ތާވަލް  ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލަށް ފޮނުއްވަންޖެހެއެވެ.

ދެންނެވުނު މުއްދަތަށް 2022 ވަނަ އަހަރުގެ މަސައްކަތު ތާވަލް ތައްޔާރުކޮށް މިކައުންސިލަށް ހުށަހަޅުއްވާފައިވާ ރަށު ކައުންސިލްތަކުގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

ރަށު ކައުންސިލް

 

  1. ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
  2. ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
  3. ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ

 

ދެންނެވުނު ކައުންސިލްތަކުން، އެކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، މިކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

 

 

23 މުހައްރަމް 1443

31 އޮގަސްޓު 2021

 

 

01 ސެޕްޓެންބަރު 2021
ހޯދާ