ދިވެހިރާއްޖެ
(IUL)345-CAA/345/2021/161:ނަންބަރު
އިޢުލާން
|
އއ.މާޅޮހު ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށްދޭނެ ފަރާތެއް ހޯދުން:
މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އއ.މާޅޮހުގެ ލޭންޑްޔޫސް ޕްލޭން ރިވިއުކޮށްދިނުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
ބިޑް ރަޖިސްޓްރީ ކުރުން:
ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އއ.މާޅޮސް ކައުންސިލުގައި ބީލަން ރަޖިސްޓަރ ކުރަންވާނެއެވެ. ރަޖިސްޓްރީ ކުރެއްވުމަށް ކުންފުނި / ވިޔަފާރި ރަޖިސްޓްރީ ކޮޕީއެއް އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރގައި ޕްލޭނަރއެއްގެ ގޮތުގައި ރަޖިސްޓަރވެފައިވާ ކުންފުނި ނުވަތަ ވިޔަފާރިއެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. ރަޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން 08 ސެޕްޓެމްބަރ 2021 ވާ (ބުދަ) އާއި ދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 12:00 އާއި ދެމެދުއެވެ. ބީލަން ރަޖިސްޓްރީކުރެއްވުމަށް މެއިލް ކުރައްވާނީ [email protected] އަށެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ޕްރީބިޑް ބައްދަލުވުން:
މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 09 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހު 13:00 ގައި، އއ.މާޅޮސް ކައުންސިލްގެ އިދާރާ، އއ.މާޅޮސް، ދިވެހިރާއްޖެ ގައެވެ.
ބިޑް ހުޅުވުން:
މި މަޝްރޫޢުގެ ބިޑް ހުޅުވުން އޮންނާނީ 16 ސެޕްޓެމްބަރ 2021 ވާ (ބުރާސްފަތި) ދުވަހުގެ 13:30 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑްތަކާއި އީމެއިލް އާއި ފެކްސްގެ ޒަރީޢާއިން ފޮނުވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން:
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 15 ސެޕްޓެމްބަރ 2021 ވާ (ބުދަ) ދުވަހުގެ 11:00 ގެ ކުރިން، [email protected] އީ-މެއިލް އެޑްރެހަށެވެ.