މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށު ޕިކަޕް ގަތުމާބެހޭ

 

`

މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލްގެ އިދާރާ                                          

ޗާންދަނީމަގު - ނ.ޅޮހި

ދިވެހިރާއްޖެ

                                                                                                                                                          ނަންބަރ: (IUL)291/291/2021/18

އިޢުލާން

ރަށު ޕިކަޕެއް ގަތުމާބެހޭ

  މި އިދާރާއަށް 1500 ކިލޯ ގެ ރަށު ޕިކަޕެއް ގަނެދީ، ރޯޑްވާދިނަސް ހަދައި، ޅޮހީ ކައުންސިލްގެ ނަމުގައި ރަށު ޕިކަޕް ރަޖިސްޓްރީކޮށް، ކުރަންޖެހޭ އެންމެހައި މަސައްކަތް ނިންމުމަށްފަހު އަދި އެޕިކަޕް ނ.ޅޮހީ ޖެޓީ އަށް ގެނެސް ބާލަދީ މި އިދާރާއާ ހަވާލުކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، މި އިދާރާއިން މިކަމަށް ބާއްވާ ބިޑް ސަބްމިޝަން އޮންލައިން ސެޝަން މީޓިންގައި ބައިވެރި ވުމަށް އެދޭ ސިޓީ 07 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާގެ އީމެއިލް [email protected]  އަށް ފޮނުއްވުންއެދެމެވެ. ނުވަތަ 7680978 އަށް ސިޓީ ވައިބަރ ކުރެއްވުން އެދެމެވެ. ޝައުޤުވެރިކަން ފާޅުކުރުމަށް ހުށައަޅާ ސިޓީގައި މިދަންނަވާ މަޢުލޫމާތު ހިމަނަން ވާނެއެވެ.

  • ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް
  • އައިޑީ ކާރޑް ނަންބަރު
  • ފޯން ނަންބަރ
  • ވައިބަރ ނަންބަރ ( ވަކި ނަންބަރެއް ގެންގުޅުއްވާނަމަ)
  • އީމެއިލް އެޑްރެސް

ނޯޓް: އޮންލައިން މީޓިން އާ ގުޅުންހުރި ހުރިހާ ހަރަކާތެއް ކުރިއަށް ގެންދާނީ ސީޓީގައިވާ މަޢުލޫމާތަށް ބިނާކޮށެވެ.

 

ގަންނަން ބޭނުންވާ ރަށު ޕިކަޕުގައި ހުންނަން ޖެހޭ ޝަރުތު:

  1. 1500 Kgގެ ޕިކަޕެއް ކަމުގައި ވުން.
  2. 3ފުރޮޅުލީ ޕިކަޕަކަށް ވާންޖެހޭނެއެވެ.
  3. ކަރަންޓުން ޗާރޖުކުރާ ބެޓަރި ބޭނުންކުރާ ޕިކަޕް އަކަށް ވާންވާނެއެވެ. (އިތުރު ބެޓަރިއަކާއިއެކު)
  4. ބޭނުންނުކުރާ ބްރޭންޑްނިއު ޕިކަޕަކަށް ވުން.

 

ޕްރޮޕޯސަލް/ކޯޓޭޝަން / (ބިޑް) ގައި ހުންނަންޖެހޭ މަޢުލޫމާތު:

  1. ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަން ( ވިއްކާ ކޮމްޕެނީ/ފަރާތުގެ ނަމާއިއެޑްރެސް، ގުޅޭނެ ފޯން ނަންބަރ، އީމެއިލް އެޑްރެސް)
  2. ރަށު ޕިކަޕްގެ ބްރޭންޑާއި އަދި ސްޕެސިފިކޭޝަން.
  3. ރަށު ޕިކަޕްތަކުގެ  ކުލަ ފޮޓޯ ދެ އަރިމަތިންނާއި ކުރިމަތިން އަދި ފަހަތުން.
  4. ރަށު ޕިކަޕް ވިއްކާނެ އަގު (މި އަގު ތަކުގެ ތެރޭގައި ހިމެނެނީ) :-

   4.1- ރަށު ޕިކަޕް ވިއްކާ އަގު (ދިވެހި ރުފިޔާއިން)

   4.2- ރަށު ޕިކަޕް ރަށަށް ގެންނައިރު ރޯޑްވާދިނަސް ހަދައި މި އިދާރާގެ ނަމުގައި ރަށު ޕިކަޕް ރަޖިސްޓްރީ ކޮށް ޅޮހީ ޖެޓީއަށް ގެނެސް ދެވޭނެ އަގު (ދިވެހި ރުފިޔާއިން)

  5. ރަށު ޕިކަޕް ޅޮހީ ކައުންސިލްގެ އިދާރާއާއި ހަވާލުކުރާނެ މުއްދަތު.

  6. ރަށު ޕިކަޕްގެ ވޮރެންޓީ ޕީރިއަޑުގެ މުއްދަތު.

 

މި އިދާރާއިން ބަލާނެ ކަންތައްތައް:

  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްގެން ގަވާއިދުން ހިންގާ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއްތޯ.
  • ކޯޓޭޝަން ހުށައަޅާ ފަރާތަކީ މާލީގޮތުން މިކަމަށް ޤާބިލް ފަރާތެއްތޯ.
  • ހުށަހެޅުން 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެކަން.
  • ރަށު ޕިކަޕްގެ ބްރޭންޑާއި އަދި ސްޕެސިފިކޭޝަންސް

 

މާކްސް ދެވޭގޮތުގެ ތަފްސީލު:

  • ބިޑް/ކޯޓޭޝަން އިވެލުއޭޓް ކުރާނީ މި ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
  • ބިޑް އިވެލުއޭޝަން ކޮމިޓީއިން ބިޑް އިވެލުއޭޓްކުރުމަށް ފަހު، ބިޑް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެކަން އަންގައިދެވޭނެއެވެ.
  • ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ބިޑް ކަނޑާތާ 05 ދުވަހުގެ ތެރޭގައި، މި ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

 

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

  • މަސައްކަތުގެ ޖުމްލަ އަގަށް (މަސައްކަތުގެ އަގާއި ތަކެތީގެ އަގަށް) ދެވޭ މާކްސް.
  • މާކްސްދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކާއި، މި އިދާރާއިން އަންދާޒާކުރާ އަގާއި އަޅައި ބަލާއިރު އެންމެ އެކަށީގެންވާ ކަމަށް މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ހުށަހެޅުންތަކުގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ އަގު ހުށަހަޅާ ފަރާތަކަށެވެ.

%70

އަގު

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

  • މަސައްކަތް ކުރުމަށް ހުށަހަޅާ މުއްދަތަށް ދެވޭ މާރކްސް.
  • މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން މަސައްކަތް ކުރުމަށް ހުށަހަޅާ އެންމެ އަވަސް މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް.
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ އަވަސް މުއްދަތުހުށަހެޅި ފަރާތަކަށެވެ.

10%

މަސައްކަތް ނިންމާ މުއްދަތު

(Submitted Warranty Period / Submitted Benchmark WarrantyPeriod) x Allocated Percentage

 

  • ވޮރަންޓީ މުއްދަތަށް ދެވޭ މާރކްސް.
  • މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން އެންމެ ދިގު މުއްދަތަކަށް ވޮރަންޓީދޭ ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަދުވަސްތަކަކަށް ވޮރަންޓީ މުއްދަތުހުށަހެޅި ފަރާތަކަށެވެ.

10%

ވޮރަންޓީ މުއްދަތު

 

ޕްރޮޕޯސަލް/ކޯޓޭޝަން / (ބިޑް) ހުށަހެޅުމާއި ބަލައިގަތުން:

  • ޕްރޮޕޯސަލް/ކޯޓޭޝަން / (ބިޑް) ހުށަހަޅުއްވާނީ ނ.ޅޮހި ކައުންސިލްގެ އިދާރާއަށެވެ.
  • ހުށަހަޅުއްވާ ޕްރޮޕޯސަލް/ކޯޓޭޝަން/ ބިޑް ހުށަހަޅަންވާނީ މިކަމަށް 9 ސެޕްޓެމބަރ 2021 ވާ ބުރާސްފަތި ދުވަހު 13:00 ގައި ބައްވާ އޮންލައިން މީޓިން ކުރިޔަށް ދާއިރު އެވަގުތު މިއިދާރާގެ މެއިލް އެޑްރެސް [email protected]  އަށް ބިޑުހުށަހަޅަން ބޭނުންވާ ފަރާތްތަކުން ބިޑް ސަބްމިޓް ކުރުމަށް މިއިދާރާއިން ދެންނެވުމުން އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑްތައް/ކޯޓޭޝަންތައް ހުށަހަޅާނީއެވެ.
  • ބިޑްތައް / ކޯޓޭޝަންތައް އޮންލައިންކޮންވެސް އަދި މިއިދާރާއަށް ހާޒިރުވެވަޑައިގެންވެސް ހުށައެޅޭނެއެވެ.
  • ބިޑްތައް/ކޯޓޭޝަންތައް ލިބުމުން ބިޑްތައް ޗެކްކުރުން އޮންނާނީ މިމީޓިންގައި ބައިވެރިވާ ފަރާތްތަކުގެ އެއްހާޒިރުގައެވެ.
  • އަދި ބިޑްތައް ބަލައިގަތްކަމުގެ ލިޔުން މިބައްދަލުވުމުގައި ބިޑްހުށަހަޅާފަރާތްތަކުގެ މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.
  • މި މަސައްކަތް ޙަވާލު ކުރެވޭނީ ބިޑް އިވެލުއޭޝަނުން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ.
  • މި މަސައްކަތް ކުރުމަށް ހަވާލުކުރެވޭނީ ބިޑް ކާމިޔާބުކުރާ ފަރާތާއި މިކައުންސިލާއި ދެމެދު ކުރެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

24 މުޙައްރަމް 1442

01 ސެޕްޓެމްބަރ 2021

01 ސެޕްޓެންބަރު 2021
ހޯދާ