އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.މާޅޮހު ފަލާޙް މިސްކިތު ވިނައިލް ފްލޯރިންގ އަޅައިދޭނެ ފަރާތެއް ހޯދުން

                                                    ނަންބަރު: (IUL)345-CAA/345/2021/160

އިޢުލާން

  • އަންދާސީ ހިސާބު ބޭނުންވެއްޖެ

 އއ.މާޅޮހު ފަލާޙް މިސްކިތު ވިނައިލް ފްލޯރިންގ އަޅައިދޭނެ ފަރާތެއް ހޯދުން:

މި ކައުންސިލުން ދައްކާ ނަމޫނާއާ އެއްގޮތަށް އއ.މާޅޮހު ފަލާޙް މިސްކިތުގައި ވިނައިލް ފްލޯރިންގ އަޅާއިދޭނެ ފަރާތެއް ހޯދުމަށް  ކުރި އިޢުލާނާ ގުޅިގެން ހުށަހެޅި ބިޑްތައް ކައުންސިލުން ދީފައިވާ މިންގަނޑަށް ނުފެތޭތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމަށް އަލުން ހުޅުވާލަމެވެ.

ބިޑް ރަޖިސްޓްރީ ކުރުން:

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އއ.މާޅޮސް ކައުންސިލުގައި ބީލަން ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން އިން 07 ސެޕްޓެމްބަރ 2021 ވާ އަންގާރަ އާއި ދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އާއި ދެމެދުއެވެ. އަދި އއ.މާޅޮސް ކައުންސިލަށް ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީބިޑް ބައްދަލުވުން:

މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 08 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހު 10:00 ގައި، އއ.މާޅޮސް ކައުންސިލްގެ އިދާރާ، އއ.މާޅޮސް، ދިވެހިރާއްޖެ ގައެވެ.

ބިޑް ހުޅުވުން:

މި މަޝްރޫޢުގެ ބިޑް ހުޅުވުން އޮންނާނީ 13 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑްތަކާއި އީމެއިލް އާއި ފެކްސްގެ ޒަރީޢާއިން ފޮނުވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 އިތުރު މަޢުލޫމާތު ސާފުކުރުން:

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 13 ސެޕްޓެމަބަރ 2021 ވާ (ހޯމަ) ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. [email protected]

31 އޮގަސްޓް 2021
ހޯދާ