ދިވެހިރާއްޖެ
މި ކޯޓުގެ ނަންބަރު ) (IUL)197-A3/1/2021/27 27 ޖޫން 2021( އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާތު ޝީޓް އިޞްލާޙު ކުރަންޖެހިފައިވާތީވެ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މި ކޯޓުގެ ބަގީޗާ ގަސްތައް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 ސެޕްޓެންބަރު 2021 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ތިރީގައި އެވާ
https://supremecourt.mv/storage/mv/media/iulaan/information-sheet-bageecha-iul-197-a3-1-2021-46.pdf
ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.
އަންދާސީ ހިސާބު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެ ފަހުތާރީޚަކީ 09 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ 13:00 ގެކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑުހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.