ދިވެހިރާއްޖެ
އިޢުލާން
މިކުންފުނީގެ ބޭނުމަށް ވެހިކަލް ތަކެއް ގަންނަންބޭނުންވާތީވެ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތެއް ހޯދުމަށް އިޢުލާންކޮށް އެކަމަށް ހުޅުވާލަމެވެ.
ބޭނުންވާ ވެހިކަލް ތަކުގެ ތަޕްސީޅް:
|
ބޭނުންވާ އަދަދު |
ތަޕްސީލު |
01 |
01 (އެކެއް) |
02 ޓަނުގެ ޓޮޔޯޓާ ޑައިނާ ޕިކަޕެއް |
02 |
02 (ދެއެއް) |
350 ކިލޯގެ ސުޒުކީ ޕިކަޕެއް |
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
08 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 12:00 އަށް (އެސް.ޓީ.އޯ ޓްރޭޑްސެންޓާރ 02 ވަނަ ފަންގިފިލާ - މޯލްޑިވް ގޭސް ހެޑްއޮފީސް) |
އަންދާސީ ހިސާބު ހުށަހެޅުމަށް |
13 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 12:00 އަށް (އެސް.ޓީ.އޯ ޓްރޭޑްސެންޓާރ 02 ވަނަ ފަންގިފިލާ މޯލްޑިވް ގޭސް ހެޑްއޮފީސް) |
ނޯޓް:
- އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ އަދި މިކަމުގެ ތަޖުރިބާހުރި ފަރާތްތަކަށް އެކަންޏެވެ.
- މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާރޓްމެންޓް އަށެވެ.
- މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ.
01 ސެޕްޓެމްބަރ 2021
އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21 (2 ވަނަ ފަންގިފިލާ)
އޯކިޑް މަގު
މާފަންނު
މާލެ، ދިވެހިރާއްޖެ
ފޯން:3335614