ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔުނިވަރސިޓީގެ އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާނު (އެންޓްރެންސް އެގްޒޭމް) ބޭއްވުމާ ބެހޭ

      ޤައުމީ ޔުނިވަރސިޓީގެ ބައެއް ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކުގެ ތެރެއިން އިނގިރޭސިބަހުގެ ފާހެއް ނެތް ފަރާތްތަކަށްވެސް ކޯހަށް ވަނުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، އެފަދަ ފަރާތްތަކަށް އަމާޒުކޮށްގެން އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާނެއް މި ސެންޓަރުންދަނީ ބާއްވަމުންނެވެ. މިގޮތުން 2021 ވަނަ އަހަރުގެ ހަވަނަ ބުރުގެ އިމްތިހާނު ބޭއްވުމަށް ހަމަޖެހިފައިވަނީ 2021 ސެޕްޓެމްބަރ 25ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައެވެ. މާލޭގައި މި އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ 4 ވަނަ ފަންގިފިލާގެ  A4-14 ވަނަ ކުލާސްރޫމުގައެވެ. ކެމްޕަސްތަކުގައިނަމަ އިންތިޙާނު ހެދުމަށް ހަމަޖެހިފައިވަނީ، އެ ކެމްޕަހެއްގައެވެ. މި އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުން، އިމްތިޙާނު ފެށުމުގެ 30 މިނެޓް ކުރިން އިމްތިޙާން އޮންނަ ހޯލަށް ހާޒިރުވާންވާނެއެވެ.

ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކުގެ އިނގިރޭސިބަހުގެ ޝަރުޠު ހަމަނުވިކަމުގައިވީ ނަމަވެސް އެހެން ޝަރުޠުތައް ހަމަވާނަމަ އެފަރާތްތަކުގެ ފޯމު ބަލައިގަންނާނެއެވެ. ނަމަވެސް، ޖާގަ މުޅިން ކަށަވަރުވާނީ އިނގިރޭސި އިމްތިޙާނު ހެދުމަށްފަހު، އެ އިމްތިޙާނުގެ ނަތީޖާ ހުށަހެޅުމުންނެވެ. ވީމާ، ކޯހަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިނގިރޭސި ބަހުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.

 

އިމްތިޙާނުގައި ބައިވެރިވުމަށް ޢަމަލުކުރަންޖެހޭގޮތް:

  • އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާން (އެންޓްރެންސް އެގްޒޭމް) ގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އިމްތިޙާނުގެ ފީއަށްވާ -/500 ރުފިޔާ (ފަސްސަތޭކަރުފިޔާ) އޮންލައިންކޮށް ނުވަތައިދާރީ މަރުކަޒުގައި ހުންނަ ރެވެނިޔު ސެކްޝަނަށް ދެއްކުމަށްފަހު، 2021 ސެޕްޓެމްބަރ 21 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އޮންލައިން އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ.އިމްތިޙާނުގައި ބައިވެރިވުމަށްއެދޭ އޮންލައިން އެޕްލިކޭޝަން ފޯމުގައި، އައި.ޑީ ކާޑުގެ ޕޮޓޯއަކާއި، ޔުނިވަރސިޓީއިން ދީފައިވާ ނުވަތަ އީ-މެއިލުން ފޮނުވާފައިވާ ފީ ދެއްކިކަމުގެ ރަސީދު ހިމަނަންވާނެއެވެ.

އޮންލައިން އެޕްލިކޭޝަން ފޯމް، އެމް.އެން.ޔޫ ވެބްސައިޓުން ނުވަތަ މި ލިންކު https://mnu.edu.mv/entrance-exam/ އިން ލިބޭނެއެވެ.

އޮންލައިންކޮށް ފައިސާދެއްކުމަށް ހަމަޖެހިފައިވަނީ ބޭންކް ޓްރާންސްފާ މެދުވެރިކޮށެވެ. އޮންލައިންކޮށް ފައިސާ ދައްކަވާ ފަރާތްތަކުން، ފައިސާދެއްކުމަށްފަހު، ޓްރާންސެކްޝަން ރިސިޕްޓް [email protected] އަށް (އިމްތިޙާނުގައި ބައިވެރިވާދަރިވަރުގެ ނަމާއި، އައި.ޑީ ކާޑު ނަމްބަރުގެ އިތުރުން "ELCT 2021, R6" ޖައްސަވާފައި) އީ-މެއިލްކުރެއްވުމުން ފައިސާދެއްކިކަމުގެ ރަސީދު، އީ-މެއިލްއަށް ފޮނުވޭނެއެވެ.

އޮންލައިންކޮށް ފައިސާދެއްކުމަށް ހަމަޖެހިފައިވާ ބޭންކު އެކައުންޓުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

އެކައުންޓް ނަންބަރު:      7701101374001

އެކައުންޓްގެ ނަން :       The Maldives National University

ބޭންކް:               Bank of Maldives

މި އިމްތިޙާނުގެ ނަތީޖާ ތައްޔާރުވުމުން ދަރިވަރުންނަށް އެސް.އެމް.އެސް އެއް ފޮނުވޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected]  މެއިލް ކުރެއްވުން އެދެމެވެ.

22 މުޙައްރަމް 1443

30 އޮގަސްޓް 2021
ހޯދާ