ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
Part-time lecturer

ޕާޓްޓައިމް ވަޒީފާގެ ފުރުޞަތު

ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ހިންގާ ކޯސްތަކުގައި ތިރީގައި މިދަންނަވާ މާއްދާ ކިޔަވައިދެއްވުމަށް ޕާޓްޓައިމް ލެކްޗަރަރއެއް ބޭނުންވެއެވެ.

 މާއްދާ:

  • ޓީޗިންގ ލިޓްރަސީ އިން އާރލީ އިޔާސް(ENG211)

 މަސައްކަތް އޮންނަ ރަށް:

  ގދ.ތިނަދޫ ކެމްޕަސް

 ޝަރުތު:

މާއްދާއާއި ގުޅޭ ދާއިރާ އިން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ޕޯސްޓް ސެކަންޑަރީ ފެންވަރުގައި 2 އަހަރު ދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

 އުޖޫރަ:

 ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/225ރ. ގެރޭޓުން އުޖޫރަ ދެވޭނެއެވެ. މީގެ އިތުރަށް މާރކްކުރާ ކޮންމެ އެސައިންމަންޓަކަށާއި، އިމްތިޙާނު ކަރުދާހަކަށް ދަރިވަރަކަށް -/35ރ. ގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

 ސިޓީއާއެކު ހުށަހަޅަންޖެހޭ

 ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ސުންގަޑި: 2021 ސެޕްޓެމްބަރ 2 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް (އަމީނީ ބިލްޑިންގ) ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ލިޔުންތައް ފޮނުއްވާނީ [email protected]އަށެވެ.

30 އޮގަސްޓް 2021
ހޯދާ