ދިވެހިރާއްޖެ
އިޢުލާން
މަގުބައްތިތަކާއި ބަނދަރުބައްތިތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މިއިދާރާއިން ދޭ މަޢުލޫމާތަކާއި އެއްގޮތަށް ރަށުގެ ބަނދަރުގައި ހުރި ބައްތިތަކާއި، މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: (IUL)282/282/2021/25 އިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިއިދާރާއިން ދޭ މައުލޫމާތަކާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 އޯގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށްދުރުވެ މައުލޫމާތު ސާފުކުރުމަށްފަހު 07 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00 އަށް އެސްޓިމޭޓްހުށައެޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.