ޣާޒީ ބަންޑާރައިން ސްކޫލް، ހއ. އުތީމު
ދިވެހިރާއްޖެ
ދެފާޚާނާ އެޅުމުގެ މަސައްކަތް

                                       އިޢުލާން

 

                                                           ނަމްބަރ: GS039/2021/16

 

ދެފާޚާނާ އެޅުމާއި ގުޅޭ

 

       

        މިސްކޫލްގެ ދެފާޚާނާ އެޅުމުގެ މަސައްކަތް ސްކޫލުން ދައްކާ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުއްވެއްޖެއެވެ.

        މަޢުލޫމާތު ސާފްކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، އެ ފަރާތެއްގެ ސިޓީއެއް ގެންނަވަންވާނެއެވެ. މިމަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ޤާނޫން ނަންބަރު: 18/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަންބަރު 19/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 6500315 ނަންބަރު ފޯނާއެވެ.

        ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިސްކޫލު އޮފީހަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

    

                30  އޮގަސްޓް     2021

                22  މުޙައްރަމް     1443

30 އޮގަސްޓް 2021
ހޯދާ