ދިވެހިރާއްޖެ
އިޢުލާން
15 ޖުލައި 2021 ގައި ގެޒެޓް ކޮށްފައިވާ ގަވާއިދު ނަންބަރު (2021/R-102) އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދުގައި ތިއަރީ އިމްތިހާން ފުރިހަމަކުރާތާ 06 މަސް ދުވަހުގެ ތެރޭގައި އެއްގަމު އުޅަނދު ދުއްވުމުގެ އިމްތިހާން ފުރިހަމަ ނުކޮށްފިނަމަ އަލުން ތިއަރީ އިމްތިހާން ފުރިހަމަ ކުރަންޖެހޭ ކަމުގައި ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ކޮވިޑްގެ ޙާލަތު ސީރިއަސްވެ އެކި ފަހަރު މަތިން ފުރަބަންދު ކުރުމާ ގުޅިގެން ވަރަށް ގިނަފަރާތްތަކަށް ވަނީ ދުއްވުމުގެ އިމްތިހާން ހެދުމުގެ ފުރުސަތު ނުލިބިފައެވެ. ވީމާ ގަވާއިދު ގެޒެޓް ކުރުމުގެ ކުރިން ތިއަރީ އިމްތިހާން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ފުރުސަތެއް ދިނުމުގެ ގޮތުން 15 ޖެނުއަރީ 2022 އާ ހަމައަށް މި ފަރާތްތަކުގެ ތިއަރީ އިމްތިހާންގެ މުއްދަތު އިތުރުކޮށްދެވިފައިވާ ކަމުގައި އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.