ދިވެހިރާއްޖެ
މިސްކިތު ސަޕޯޓްސްޓާފެއް (ވަގުތީ) ހޯދުމަށް ކުރެވުނު ނަންބަރު (IUL)334/334/2021/33 (11 އޮގަސްޓް 2021) އިއުލާނުގައި އިދާރީ މައްސަލަތަކެއް ހުރުމުގެ ސަބަބުން އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މަޤާމް |
މަސައްކަތު (މިސްކިތު މަސައްކަތު) |
ބޭނުންވާ އަދަދު |
1 (އެކެއް) |
މަޤާމުގެ ގިންތި |
ވަގުތީ |
މަޤާމުގެ މުއްދަތު |
03 މަސްދުވަސް |
ސެކްޝަން |
ކޯޕަރޭޓް އެފެއަރޒް |
މަޤާމް އޮތް އޮފީސް |
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ކ.ހުރާގެ މިސްކިތްތައް |
ތަޢްލީމާއި ތަޖްރިބާ : |
އަސާސީ ފެންވަރަށް، ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން. |
މުސާރަ : |
3100.00ރުފިޔާ |
ސަރވިސް އެލަވަންސް : |
1000.00ރުފިޔާ |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
|
މަގާމުގެ ޝަރުތުތައް: |
އަސާސީ ފެންވަރަށް، ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން. |
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނު 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ 3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން |
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ފުރިހަމަކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފައަށް އެދޭފޯމު (އެޕްލިކޭޝަން ފޯމު މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ.) 2- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ 3- ސަރުކާރުގެ ނުވަތަ ސިވިލްސަރވިސް އަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ސިވިލްސަރވިސް ކޮމިޝަންގެ ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢްތިރާޒެއް ނެތް ކަމުގެ ލިޔުން. 4- ވަޒިފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. 5- ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑުގެ ކޮޕީ. (އެޓެސްޓްކުރެވިފައިވާ) 6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.(ގުޅޭނެ ނަމްބަރާއި އީމޭލް އެޑްރެހާއެކު) |
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ކ.ހުރާ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަރވިއު އޮއްނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާނު އޮންނާނީ، 2021 ސެޕްޓެމްބަރ 08 އާ 09 އާ ދެމެދު ކ.ހުރާ ކައުންސިލް އިދާރާގައެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ އިންސައްތަ |
މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %25 (ފަންސަވީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7775012 ނަންބަރަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
21 މުޙައްރަމް 1443
29 އޮގަސްޓް 2021