ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްޤީ ޕްލޭން އަދި ފައިނޭންޝަލް ޕްލޭން އެކުލަވާލާ ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ލޯކަލް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެއްލައްވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
ރަޖިސްޓްރީވުން
ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 29 އޯގަސްޓް 2021 (އާދީއްތަ) ދުވަހުގެ 18:00 ން ފެށިގެން 05 ސެޕްޓެންބަރު 2021 (އާދީއްތަ) ދުވަހުގެ 14:00 އާއި ދެމެދު މި އިދާރާއަށް ވަޑައިގެން، ނުވަތަ ތީރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރވުމަށް ދަންނަވަމެވެ.
ލިންކް: https://www.haadhaal.gov.mv/bid-register
މި މަސައްކަތަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް
- ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
- ޕްރައިސް ޕްރޮޕޯސަލް
- މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތުގެ ވަނަވަރު (ތަޖުރިބާތަކުގެ ތަފްސީލް އެނގޭނެހެން)
- މި ފަދަ ޚިދުމަތްތައް ފޯރުކޮށްދީފައިވާ ތަންތަނުން ދީފައިވާ ތަޖުރިބާގެ ލިޔުންތައް
- ހުށަހަލާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ / ޕާސްޕޯޓް ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ (ބޭރުގެ ތަޢުލީމީ ސެޓްފިކެޓެއް ނުވަތަ ބޭރުގެ ތަޢުލީމުދޭ މަރުކަޒަކާއި އެފިލިއޭޓްވެގެން ހިންގާ ކޯހެއްގެ ސެޓްފިކެޓެއްނަމަ އެކްރެޑިޓް ކޮށްފައި)
ޓާރމްސް އޮފް ރިފަރެންސް
މި މަސައްކަތައް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރިފަރަންސް ތިރީގައިވާ މެއިލް އަށް ރިކުއެސްޓް ކުރެއްވުމުންވެސް ލިބިވަޑަވަޑައިގަންނަވާނެއެވެ.
މި މަސައްކަތަށް ޕްރޮޕޯސަލްތައް ހުށަހެޅުމާއި ހުޅުވުން އޮންނާނީ 7 ސެޕްޓެންބަރު 2021 (އަންގާރަ) ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ، މިކަމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، ބަދަލުގައި ފޮނުވާފަރާތް ބަޔާކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. ހުށަހަޅަންޖެހޭ ލިޔުންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިއެވެ. ބޭރުގައި މި މަސައްކަތަށް ދެވިފައިވާ ނަން، އަދި ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
އިތުރު މައުލޫމާތު ތިރީގައިވާ ފޯން އަދި އީމެއިލް މެދުވެރިކޮށް ހޯއްދެވުމަށް ދަންނަވަމެވެ.
ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ
އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ
ފޯން: 6521643
އީމެއިލް: [email protected]