މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
"އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)" ޕްރޮޖެކްޓުގެ ދަށުން ލާމުއަތޮޅުގައި ގާއިމުކުރެވޭ އޮފީހަށް އެޑްމިނިސްޓްރޭޓިވް ސަޕޯޓް ސްޓާފް އެއް ހޯދުމާއި ގުޅޭ

"އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)"ޕްރޮޖެކްޓުގެ ދަށުން ލާމުއަތޮޅުގައި ގާއިމުކުރެވޭ އޮފީހަށް   އެޑްމިނިސްޓްރޭޓިވް ސަޕޯޓް ސްޓާފް އެއް ހޯދުމާއި ގުޅޭ

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ކުރިޔަށް ގެންދަން ރާވާފައިވާ ”އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑް (އެންދެރި)" މަޝްރޫއު ގެ ދަށުން އެޑްމިނިސްޓްރޭޓިވް ސަޕޯޓް ސްޓާފްގެ މަގާމަށް ކުރިމާތިލާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަގާމަށް ހޮވޭފަރާތް މަސައްކަތްކުރައްވާނީ މަޝްރޫޢުގެ ހައްދުންމަތީގައި ގާއިމުކުރެވޭ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓުގައި ޕްރޮޖެކްޓް ކޯޑިނޭޓަރ ގެ އިރުޝާދާއި ލަފާގެ މަތިންނެވެ.

މި ވަޒީފާގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓިފިކެޓުގެ ކޮޕީއާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާއަދާކުރި ތަނުން ދީފައިވާ ލިޔުމުގެ ކޮޕީ، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުން މި ވަޒީފާއަށް އެ މުވައްޒަފެއް ވީއްލާނެކަމުގެ ސިޓީގެ ހާޑްކޮޕީ  05 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 1200 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުން އެދެމެވެ. ފުރިހަމަ އެޕްލިކޭޝަން އެއްގެ ގޮތުގައި ބަލައިގަނެވޭނީ ހުރިހާ ސަޕޯޓިންގ ޑޮކިޔުމެންޓްތައް އެޓޭޗްކުރެވިފައިވާ އެޕްލިކޭޝަންތައްކަމުގައި ދަންނަވަމެވެ.

 

 

 

 

އެޕްލިކޭޝަން ޓައިޓަލް: ”އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)"މަޝްރޫޢަށް އެޑްމިނިސްޓްރޭޓިވް ސަޕޯޓް ސްޓާފް އެއް ހޯދުމާއި ގުޅޭ

ހިއުމަން ރިސޯސް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯން: 3018300

ވެބްސައިޓް: www.environment.gov.mv

 

ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ލިބިގެންވެއެވެ.

ތާރީހު: 29 އޯގަސްޓް 2021

29 އޮގަސްޓް 2021
ހޯދާ