ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލުގައި ވޭސްޓް މެނޭޖްމެންޓް ޤާއިމް ކުރުމަށްޓަކައި އިންސިނަރޭޓަރ ރޫމް މަރާމާތުކުރުން (2 ވަނަ އިޢުލާން)

އިޢުލާން

މިހޮސްޕިޓަލުގެ އިންސިނެރޭޓަރ ހައުސް ހުރިތަނުގައި ވޭސްޓް މެނޭޖްމެންޓް ރޫމެއް ހެދުމަށް ބޭނުންވެގެން ކުރި މިހޮސްޕިޓަލުގެ ނަންބަރ: (IUL)SH-FAH-RM/2021/37 (16 އޯގަސްޓް 2021) އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް ބިޑް ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލު ކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތައް 29 އޯގަސްޓް 2021 ވާ އާދިއްތަ ދުވަހުން ފެށިގެން  07 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:30 ގެ ކުރިން  [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށް ފަހު އީމެއިލް ކުރުމަށް ދަންނަވަމެވެ.  އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 12 ސެޕްޓެންބަރ 2021 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި ށ. އަތޮޅު ހޮސްޕިޓަލުގައެވެ.

މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.

މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 07 ސެޕްޓެންބަރ 2021 ވާ ބުދަ ދުވަހު މެންދުރުފަހު 14:00 ގެ ކުރިން  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 21 މުޙައްރަމް 1443

29 އޮގަސްޓް 2021
ހޯދާ