މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

 (IUL)337/337/2021/51 ނަމްބަރ

އިޢުލާން

 

މިއިދާރާގެ ނަމްބަރ: (IUL)337/337/2021/40 (05 އޮގަސްޓް 2021) އިޢުލާނާއި ގުޅިގެން ބޭނުންވާ އަދަދަށް މީހުން ކުރިމަތިލާފައިނުވާތީ އެޢިއުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

މަޤާމް:

މަސައްކަތު

ބޭނުންވާ ޢަދަދު:

04 (ހަތަރެއް)

މަޤާމުގެ ގިންތި:

ވަގުތީ (ކޮންޓްރެކްޓް)

ސެކްޝަން:

މުނިސިޕަލް ސާރވިސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ

ވަޒީފާއަށް ނަގާ މުއްދަތު

01 އަހަރު

މުސާރަ:

-/3100ރ (ތިންހާސް އެއްސަތޭކަ)

ސަރވިސް އެލަވަންސް:  

-/1000ރ (އެއްހާސް)

އެހެނިހެން އެލަވަންސް:

  1. މަސައްކަތައް ނިކުމެ ސޮއިކުރާ ކޮންމެ ދުވަހަކަށް އެލަވަންސް: -/40ރ (ސާޅީސް ރުފިޔާ)
  2. ރަމަޟާން މަހުގެ އިނާޔަތު ފައިސާ
  3. ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

މަސައްކަތު ގަޑި

ދުވާލަކު 8 ގަޑިއިރު (ހުކުރު ދުވަސް ފިޔަވައި)

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

  1. ކުނިގޮނޑަށް ކުނިގެންދާ ފަރާތްތަކުން ކުނި އެޅުމަށް ކަނޑައަޅާފައިވާ ތަންތަނަށް ކުނި އަޅާތޯ ބަލައި އެތަންތަނަށް ކުނި އެޅުވުން.
  2. އެއްވެސް ބާވަތެއްގެ ކުންޏެއް މޫދަށް އަޅައިތޯބަލައި އެކަން މަނާކުރުން.
  3. ކުނިގޮނޑަށް ގެންދެވޭ ކުނި ވަކިކޮށްގެން ނުގެންދާ ފަރާތްތަކަށް އެކަން ހަނދާންކޮށްދީ ތަކުރާރުވާ ފަރާތްތަކުގެ މައުލޫމާތު ރަށު ކައުންސިލަށް އެންގުން.
  4. އަންދާކުނި އެންދުމުގައި އާއްމުންނަށް އުނދަގޫ ނުވާނެ ގޮތެއްގެ މަތިން އެންދުން.
  5. ކުޑަކުދިން ކުނިގޮނޑު ސަރަޙައްދަށް ވަނުން މަނާކުރުން. އަދި ތަކުރާރުވާނަމަ ކައުންސިލަށް އެންގުން.
  6. ކުނިގޮނޑު ސަރަޙައްދުގެ މަގު ސާފުކުރުން.
  7. ކުނިގޮނޑަށް ހޯދާފައިހުންނަ ހުރިހާ އެއްޗެއް އަމާނަތްތެރިކަމާއެކު ބެލެހެއްޓުން.
  8. ޤައުމީ މުނާސަބަތުތަކާއި ދުވަސްތައް ފާހަގަކުރުމަށް ކައުންސިލުން ކުރާ މަސައްކަތުގައި ބައިވެރިވުން.
  1. މަސައްކަތު ދާއިރާގެ ތެރެއިން ކައުންސިލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.
  2. ކައުންސިލުން އަންގާ މުނިސިޕަލް ކަންކަން ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

 

  1. މީލާދީ ގޮތުން 18 އަހަރު ފުރިފައިވުން.
  2. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފުރިހަމަ ސިއްޙަތެއްގައި ހުރި ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ތަޢުލީމީ ސެޓްފިކެޓް ހުރިނަމަ ސެޓްފިކެޓުތަކުގެ ކޮޕީ  ނުވަތަ ލިޔަންކިޔަން އިނގޭނެކަމުގެ ލިޔުމުގެ ކޮޕީއެއް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން (ތަޢުލީމީ ފެންވަރަށް %20)
  • ލިބިފައިވާ ހުނަރަށް ބަލައިގެން(އިންޓަވިއުއަށް %80).
  •  މި މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %50  (ފަންސާސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ލިބިފައިވާ ހުނަރަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ވަނަ އަހަރުގެ 07ސެޕްޓެމްބަރ 2021 އިން 09 ސެޕްޓެމްބަރ 2021 އާއި ދެމެދު، މާލެއަތޮޅު މާފުށީ ކައުންސިލް އިދާރާގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640073 ނަންބަރު ފޯނު އަށެވެ.

18 މުޙައްރަމް 1443

26 އޮގަސްޓް 2021

 

 

    

26 އޮގަސްޓް 2021
ހޯދާ